މަސައްކަތް
ނަންބަރު: (IUL)295-B/2021/48
ޕަބްލިޝްކުރި ތާރީޚް: 19 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 10:37
ސުންގަޑި: 27 ޑިސެންބަރު 2021 11:00
މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.ހޮޅުދޫ ބޯޅަގޭގެ ފުރާޅުގެ ޓިނު ބަދަލުކުރުން

ނަމްބަރ: (IUL)295-B/2021/48

އިޢުލާން

 

ނ.ހޮޅުދޫ ބޯޅަގޭގެ ފުރާޅުގެ ޓިނު ބަދަލުކުރުން

         ނ.ހޮޅުދޫ ބޯޅަގޭގެ ފުރާޅުގެ ޓިނު ބަދަލުކުރުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 21 ޑިސެމްބަރ 2021 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 27 ޑިސެމްބަރ 2021 ހޯމަ ދުވަހުގެ 11:00 އަށް އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ.

         މިމަސައްކަތަށް ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީގެ އިތުރުން ޖީ.އެސް.ޓީ ރެޖިސްޓްރޭޝަން ސެޓްފިކެޓް އޮތް ފަރާތްތަކަށެވެ.

އެސްޓިމޭޓް ހުށަހެޅުން

         އެސްޓިމޭޓް ހުށަހަޅާނީ 27 ޑިސެމްބަރ 2021 ވާ ހޯމަ ދުވަހުގެ 11:00 ގެކުރިން މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ކައުންސިލްގެ އިދާރާއަށެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ އެސްޓިމޭޓްތައް ބަލައިނުގަނެވޭނެއެވެ. އެސްޓިމޭޓްތައް ކެނޑުމަށް ހަމަޖެހިފައިވަނީ 27 ޑިސެމްބަރ 2021 ވާ ހޯމަ ދުވަހުގެ 11:05 ގައި މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ކައުންސިލް އިދާރާގެ މީޓިންގ ހޯލްގައެވެ. އަދި އެސްޓިމޭޓް ހުށަހަޅަން ވެރިފަރާތް ނޫން އެހެން ފަރާތަކުން ޙާޟިރުވާނަމަ އިއުތިރާޟެއްނެތް ކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.

ނޯޓް:

         މަޢުލޫމާތު ފުރިހަމަނޫން އެސްޓިމޭޓް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ކައުންސިލަށް ލިބިގެންވެއެވެ. އަދި ބިޑް ޕްރޮސަސްގެ ކޮންމެ ވަގުތެއްގައި ވެސް ބާޠިލު ކުރުމުގެ އިޚްތިޔާރު މިކައުންސިލަށް ލިބިގެންވެއެވެ.

19 ޑިސެމްބަރ 2021

19 ޑިސެންބަރު 2021