ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)249-B/249/2021/80
ޕަބްލިޝްކުރި ތާރީޚް: 20 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 10:30
ސުންގަޑި: 20 ޖަނަވަރީ 2022 13:00
ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު އެކުލަވާލުން

އިޢުލާން

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު އެކުލަވާލުން

        1442 ވަނަ އަހަރު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އެކުލަވާލާފައިވާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށްއެދޭ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. މިގޮތުން މިކަމަށްއެދޭ ފޯމް ހުށަހެޅުވުމުގެ ފުރުޞަތު 02 ޖެނުއަރީ 2022 އިން 20 ޖެނުއަރީ 2022 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ހުޅުވާލަމެވެ. އަދި ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ ފޯމް 20 ޑިސެމްބަރ 2021 ވަނަ ދުވަހުން ފެށިގެން މި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެ ވާހަކަ ދަންނަވަމެވެ.

        މިގޮތުން ހުށަހަޅާ ފޯމުތައް މިނިސްޓްރީ އަށް ފޮނުވަންޖެހޭތީ ދެންނެވިފައިވާ މުއްދަތުގެފަހުން ހުށަހަޅާ އެއްވެސް ފޯމެއް ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ. ފޯމު ފުރިހަމަކޮށް ހުށަހަޅުއްވާއިރު ފޯމާއިއެކު ހުށަހަޅަންޖެހޭ ކަމަށް ފޯމުގައި ބަޔާންކޮށްފައިވާ އެންމެހައި ލިޔުންތައް ފުރިހަމަ ކުރުމަށްފަހު ހުށަހެޅުމަށް ދަންނަވަމެވެ. ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ ފޯމުތައް މިއިދާރާއިން ފޮނުވުމުން ފޯމުތައް އިވެލުއޭޓްކޮށް ފަޤީރުންގެ ދަފްތަރު އެކުލަވާލާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކަމުގައި ދަންނަވަމެވެ. އެހެންކަމުން ފޯމު ހުށަހެޅުމަށް ދެވިފައިވާ މުއްދަތުގައި ހުށަހެޅުއްވުމަށް ސަމާލުކަން ދެއްވުން އެދެމެވެ.

20 ޑިސެންބަރު 2021