ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)427/1/2021/88
ޕަބްލިޝްކުރި ތާރީޚް: 19 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 19:42
ސުންގަޑި:
30 ޑިސެންބަރު 2021 14:00
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ އަމަލީ ޓެސްޓް ކުރާނެ އެގްޒަމިނަރުން ހޯދުން
އިއުލާން
އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ އަމަލީ ޓެސްޓް ކުރާނެ އެގްޒަމިނަރުން ހޯދުން
އެއްގަމުއުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓަކައި ޢަމަލީ ޓެސްޓް ކުރާނެ އެގްޒަމިނަރުން ބޭނުންވެއްޖެއެވެ. މިމަސައްކަތަކީ އެހެން ވަޒީފާއެއްގައި އުޅެމުން ޕާޓްޓައިމްކޮށް ކުރެވިދާނެ މަސައްކަތެކެވެ.
އަންހެން އެގްޒަމިނަރުން
ބޭނުންވާ ޢަދަދު: 10
ޝަރުޠު
- މަދުވެގެން A0, A1ގިންތީގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން.
- ފާއިތުވި 3 އަހަރު ދުވަހުގެ ތެރޭގައި ޓްރެފިކް ވަޔަލޭޝަން ކުށެއްކޮށްފައިވާކަން ސާބިތުވެފައި ނުވުން އަދި ޖިނާއީ ކުށެއްކޮށްފައިވާ މީހަކު ކަމުގައި ނުވުން.
- ދޫކުރި ތާރީޙުން ފެށިގެން މަދުވެގެން 5 އަހަރު ދުވަސް ވެފައިވާ، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން.
- ޢުމުރުން 50 އަހަރު ނުވާ މީހެއްކަމުގައިވުން.
- ޓްރާންސްޕޯޓް އޮތޯރިޓީގައި ވަޒީފާއަދާކުރާ މީހެއްކަމުގައި ނުވުން.
- ޑްރައިވިންގ ސްކޫލެއްގަ އެއްވެސް ހައިޞިއްޔަތަކުން މަސައްކަތް ކޮށްފައި ނުވުން އަދި މަސައްކަތް ކުރަމުންދާ މީހެއް ކަމުގައި ނުވުން.
ފިރިހެން އެގްޒަމިނަރުން
ބޭނުންވާ ޢަދަދު: 10
ޝަރުޠު
- ހެވީ ވެހިކަލް ކެޓަގަރީގެ ތެރެއިން ކޮންމެވެސް އެއް ކެޓަގަރީއެއް އޮޕަރޭޓް ކުރުމުގެ ހުއްދަ އޮތުން، ނުވަތަ އޭ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން، ނުވަތަ ބީ ކެޓަގަރީގެ ކޮންމެސް އެއް އުޅަނދެއް ދުއްވުމުގެ ލައިސަންސް އޮތުން ނުވަތަ ސީ ކެޓަގަރީގެ ކޮންމެސް އެއް އުޅަނދެއް ދުއްވުމުގެ ލައިސަންސް ލިބިފައި އޮތުން.
- ފާއިތުވި 3 އަހަރު ދުވަހުގެ ތެރޭގައި ޓްރެފިކް ވަޔަލޭޝަން ކުށެއްކޮށްފައިވާކަން ސާބިތުވެފައި ނުވުން އަދި ޖިނާއީ ކުށެއްކޮށްފައިވާ މީހަކު ކަމުގައި ނުވުން.
- ދޫކުރި ތާރީޙުން ފެށިގެން މަދުވެގެން 5 އަހަރު ދުވަސް ވެފައިވާ، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން.
- ޢުމުރުން 50 އަހަރު ނުވާ މީހެއްކަމުގައިވުން.
- ޓްރާންސްޕޯޓް އޮތޯރިޓީގައި ވަޒީފާއަދާކުރާ މީހެއްކަމުގައި ނުވުން.
- ޑްރައިވިންގ ސްކޫލެއްގަ އެއްވެސް ހައިޞިއްޔަތަކުން މަސައްކަތް ކޮށްފައި ނުވުން އަދި މަސައްކަތް ކުރަމުންދާ މީހެއް ކަމުގައި ނުވުން.
އުޖޫރަ
- ޓެސްޓް ކުރާ ކޮންމެ A0, A1ކެޓެގަރީގެ އުޅަނދަކަށް -/15 ރުފިޔާ.
- އެހެނިހެން ކެޓެގަރީގެ ޓެސްޓް ކުރާ ކޮންމެ އުޅަނދަކަށް -/25 ރުފިޔާ.
އެގްޒަމިނަރުން ހޮވުމުގައި ގިނަ ގިންތީގެ ލައިސަންސް/އޮޕްރޭޓް ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ
- ޕޮލިސް ރިޕޯޓު (ދޫކުރި ތާރީޚުން ފެށިގެން 3 މަސް ނުވާ)
- ހެވީ ވެހިކަލް ކެޓަގަރީ އަށް ހުށަހަޅާ ނަމަ އޮޕަރޭޓިންގ ޕަރމިޓުގެ ކޮޕީ
ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ބޭފުޅުން 30 ޑިސެމްބަރ 2021 ވަނަ ދުވަހުގެ 14.00 ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.
19 ޑިސެންބަރު 2021