ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)393/393/2021/55
ޕަބްލިޝްކުރި ތާރީޚް: 19 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 14:58
ސުންގަޑި: 20 ޖަނަވަރީ 2022 13:00
ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުންގެ ތެރެއިން އަތޮޅުތަކުން އަލަށް ރަޖިސްޓްރީވުމަށް އެދޭފަރާތްތަކަށް ފޯމްހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުމާގުޅޭ

ފަޤީރުންނާއި މިސްކީނުންގެ ތެރެއިން އަތޮޅުތަކުން އަލަށް ރަޖިސްޓްރީވުމަށް އެދޭފަރާތްތަކަށް ފޯމްހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުމާގުޅޭ

 1442 ވަނަ އަހަރު މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން އެކުލަވާލައިފައިވާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަތޮޅުތެރެއިން އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް ފުރުޞަތު ހުޅުވާލުމާގުޅިގެން މިއަދު (19 ޑިސެމްބަރު 2021) ން ފެށިގެން މިކަމަށް އެދޭ ފޯމް ރަސްމީ ކޮންމެ ދުވަހެއްގެ 9:00 ން 11:00 ގެ ނިޔަލަށް މިކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެންހުންނާނެ ވާހަކަ ދަންނަވަމެވެ. އަދި މި ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 02 ޖަނަވަރީ 2022 ވަނަ ދުވަހުން ފެށިގެން 20 ޖަނަވަރީ 2022 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށެވެ.

އެހެންކަމުން، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި "ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރިވުމަށް އެދޭ ފޯމް" ހުށަހެޅުއްވުން އެދި ދެންނެވީމެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާނުކުރީމެވެ.

01 جَمَادِي الأَوّل 1443

19 ޑިސެންބަރު  2021 

19 ޑިސެންބަރު 2021