ދިވެހިރާއްޖެ
ސެކިޔުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުން
މިސްކޫލޫގެ ސެކިޔުރިޓީ އައުޓްސޯސް ކުރުމާބެހޭ ގޮތުން ކުރެވުނު ނަމްބަރު GS-205/IUL/2021/60 އިއުލާނާއި ގުޅިގެން އެއްވެސް
ފަރާތަކުން މައުލޫމާތު ސާފްކޮށްފައިނުވާތީ އެއިއުލާން ބާތިލްކޮށް އަލުން އިއުލާނު ކުރަމެވެ.
2022 ޑިސެމްބަރ 31 ގެ ނިޔަލަށް މި ސުކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތް
ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައިވާ މިދަންނަވާ އުސޫލުން ބިޑުގައި ބައިވެރިވެލެއްވުމަށް ނަންނޯޓުކޮށް ކަނޑައެޅިފައިވާ ގަޑިއަށް،
އިރުޝާދުދީފައިވާ ގޮތުގެ މަތިން އަންދާސީ ހިސާބް ހުށަހެޅުއްވުން އެދެމެވެ.
ބިޑްރަޖިސްޓްރީގައި ނަން ނޯޓް ކުރުން |
އަންދާސީހިސާބު ހުށަހެޅުން |
2021 19 ޑިސެމްބަރ 2021 އިން 21 ޑިސެމްބަރ 2021 ވަނަ ދުވަހު 12:00 އަށް |
2021 ޑިސެމްބަރ 28 ވަނަ ދުވަހު 13:00 އަށް ބިޑް ހުށަހަޅަންޖެހޭ ނީ ތިރީގައި ދީފައިވިމާ އީމެއިލްގެ ޒަރިއްޔާއިން ނެވެ. |
މިކަމަށް ހުށަހަޅުއްވާ އަންދާސީހިސާބު ތިރީގައި ދީފައިވާ މެއިލް އަށް ފޮނުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މި މަސައްކަތް
ކުރުމަށް ކުރިމަތި ލެވޭނީ ވިޔަފާރި ގާނޫނު (08/2014)ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކާއި، އަމިއްލަ ފަރުދުންގެ ގާނޫނު (19/2014)ގެ
ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކެވެ. މިމަސައްކަތުގެ މައުލޫމާތު ކަރުދާސް (ބިޑް ޑޮކިއުމަންޓް) މި އިއުލާނާއެކު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
އަދި ދަންނަވަމެވެ. ބިޑް ރަޖިސްޓްރީގައި ނަންނޯޓް ނުކުރައްވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތެއް ނޯންނާނެއެވެ. އަދި
ހުށަހަޅަން ހަމަޖެހިފައިވާ ގަޑިއަށްވުރެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ މި ފުރުސަތުގައި ދަންނަވަމެވެ. މައުލޫމާތު
ސާފްކުރުމާއި ބިޑް ރަޖިސްޓްރީގައި ނަން ނޯޓް ކުރުމަށް 7973947 އަށް ތިރީގައި މިދަންނަވާ މައުލޫމާތު އެސްއެމް އެސް ގެ ޒަރިއްޔާއިން
ފޮނުއްވައިދެއްވުން އެދެމެވެ. ނުވަތަ ތިރީގައި މިދަންނަވާ މެއިލް އެޑްރެހަށް ފޮނުއްވައިދެއްވުން އެދެމެވެ.
ކުންފުނީގެ/އިންވެސްޓްމެންޓް ގެނަން:
ރަޖިސްޓްރީ ނަމްބަރ:
ގުޅޭނެ މޮބައިލް ނަމްބަރ:
އީމެއިލް އެޑްރެސް: