ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)384-A/2021 /73
ޕަބްލިޝްކުރި ތާރީޚް: 19 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 14:35
ސުންގަޑި: 20 ޖަނަވަރީ 2022 13:00
ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1443 ވަނަ އަހަރު ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށް ފުރުޞަތު ހުޅުވާލުން

                    1442 ވަނަ އަހަރު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އެކުލަވާލާފައިވާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަތޮޅުތެރެއިން އަލަށް ރަޖިސްޓްރީވުމަށްއެދޭ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. މިގޮތުން މިކަމަށްއެދޭ ފޯމު 2021 ޑިސެންބަރު 19 އިން 2022 ޖަނަވަރީ 02 ގެ ނިޔަލަށް ބަންދުނޫން ދުވަސްދުވަހު ހެނދުނު 9:00 އިން މެންދުރު 12:00 އަށް މިއިދާރާއިން ލިބެންހުންނާނެއެވެ. މިއިދާރާއަށް ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2022 ޖަނަވަރީ 02 ން 2022 ޖަނަވަރީ 20 ގެ ނިޔަލަށް ރަސްމީ ދުވަސްދުވަހު ހެނދުނު 9:00 އިން މެންދުރު 13:00 އަށެވެ.

                    މިގޮތުން ހުށަހަޅާ ފޯމުތައް މިނިސްޓްރީ އަށް ފޮނުވަންޖެހޭތީ ދެންނެވިފައިވާ މުއްދަތުގެފަހުން ހުށަހަޅާ އެއްވެސް ފޯމެއް ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ. ފޯމު ފުރިހަމަކޮށް ހުށަހަޅުއްވާއިރު ފޯމާއިއެކު ހުށަހަޅަންޖެހޭ ކަމަށް ފޯމުގައި ބަޔާންކޮށްފައިވާ އެންމެހައި ލިޔުންތައް ހަމައަށް ހުށަހަޅަން ޖެހޭނެއެވެ. ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ ފޯމުތައް މިއިދާރާއިން ފޮނުވުމުން ފޯމުތައް އިވެލުއޭޓް ކޮށް ފަޤީރުންގެ ދަފްތަރު އެކުލަވާލާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުންނެވެ. އެހެންކަމުން ފޯމު ހުށަހެޅުމަށް ދެވިފައިވާ މުއްދަތުގައި ހުށަހެޅުއްވުމަށް ސަމާލުކަން ދެއްވުން އެދެމެވެ.          

19 ޑިސެންބަރު 2021