ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)389/389/2021/42
ޕަބްލިޝްކުރި ތާރީޚް: 19 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 14:31
ސުންގަޑި: 20 ޖަނަވަރީ 2022 13:00
ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންގެ ދަފްތަރުގައި އަލަށް ރަޖިސްޓަރީވުމަށް ހުޅުވާލުން

1442 ވަނަ އަހަރު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އެކުލަވާލާފައިވާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު، 02 ޖަނަވަރީ 2022 އިން 20 ޖަނަވަރީ 2022 ވަނަ ދުވަހުގެ 13:00 އާ ހަމައަށް ހުޅުވާލަމެވެ. މިއިއުލާނާ ގުޅިގެން 1442 ވަނަ އަހަރުގައި ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުން އަލުން ފޯމު ހުށަހަޅާކަށް ނުޖެހޭނެއެވެ.

ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓަރީ ވުމަށް އެދޭ ފޯމު  19 ޑިސެންބަރު 2021 އިން ފެށިގެން މި ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ފޯމު ބަލައިގަތުމުގެ މަސައްކަތް 02 ޖަނަވަރީ 2022 އިން 20 ޖަނަވަރީ 2022 ވަނަ ދުވަހުގެ 13:00 އާ ހަމައަށް ރަސްމީ ގަޑިތަކުގައި މި ކައުންސިލްގެ އިދާރާގައި ކުރިއަށް ދާނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަމެވެ.

19 ޑިސެންބަރު 2021