ދިވެހިރާއްޖެ
އިއުލާން
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މިސްކޫލުގެ ނަމްބަރ IUL)GS-103/GS-103/2021/16) އިއުލާނާއި ގުޅިގެން ހުށައަޅާފައިވާ ބިޑް މަދުކަމަށް ފެންނާތީ، މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިއުލާނު ކުރަމެވެ.
-
މި ސްކޫލްގެ 2022 ވަނަ އަހަރަށް ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދިނުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
-
މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2021ޑިސެމްބަރ 19 އިން 2021 ޑިސެމްބަރ 22 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 12:00 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން ނުވަތަ ސްކޫލުގެ އީމެއިލް [email protected] އަށް މެއިލްކޮށްގެން ނަންނޯޓް ކުރެއްވުން އެދެމެވެ.
-
މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021ޑިސެމްބަރ 27 ވާ ހޯމަ ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
-
މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2021 ޑިސެމްބަރ 27 ވާ ހޯމަ ދުވަހުގެ 10:00 ގައި މިސްކޫލްގައެވެ.
-
ބީލަން ހުޅުވުން އޮންނާނީ 2021 ޑިސެމްބަރ 28 ވާ އަންގާރަ ދުވަހުގެ 10:00 ގައި މިސްކޫލްގައެވެ.
-
މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
-
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ބިލެތްފަހީ ސްކޫލް / ށ.ބިލެތްފަހި
ފޯން: 6540580
އީ-މެއިލް: [email protected]
15 ޖުމާދަލްއޫލާ 1442
19 ޑިސެމްބަރ 2021