ދިވެހިރާއްޖެ
އއ.ތޮއްޑޫގައި މިކައުންސިލުން ޤާއިމްކުރުމަށް ހަމަޖެހިފައިވާ އިންޓެގްރޭޓެޑް ނޭޗަރ ޕާކްގެ ކޮންސެޕްޓް ޑިޒައިނިންގ، އިމާރާތުގެ ކުރެހުން އަދި ބީއޯކިއު އެކުލަވާލުމަށް ބީލަން ހުށައެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.
މި ބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރިރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުންރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތައް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާފަރާތްތައްކަމުގައި ދެންނެވީމެވެ.
ވީމާ، މި ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ތިރީގައިމިވާ ތާވަލާއެއްގޮތަށް ރަޖިސްޓަރީވެ، މަޢުލޫމާތު ސާފުކުރައްވާ، ބީލަން ހުށައެޅުމަށް ދަންނަވަމެވެ.
|
ތާރީޚް |
ގަޑި |
ތަން |
ބީލަމަށް ރަޖިސްޓަރީވުން |
28 ޑިސެމްބަރު 2021 |
12:00 ގެ ކުރިން |
އީމެއިލް މެދުވެރިކޮށް |
ޕްރީބިޑް މީޓިންގ |
29 ޑިސެމްބަރު 2021 |
13:00 |
ޒޫމް މެދުވެރިކޮށް |
ބީލަން ހުށައެޅުމާއި، ހުޅުވުން |
4 ޖަނަވަރީ 2022 |
13:00 |
އއ.ތޮއްޑޫ ކައުންސިލް އިދާރާ |
ބީލަމަށް ރަޖިސްޓްރީވުމަށްޓަކައި [email protected] އީމެއިލްއަށް (މަޢުލޫމާތު ސާފުކުރައްވާ ފަރާތުގެ ނަން، އެޑްރެސް، ފޯން ނަންބަރު، އީމެއިލް އެޑްރެސް، ވިޔަފާރި/ކުންފުނި ހުއްދައިގެ ކޮޕީ) ހުށައެޅުއްވުން އެދެމެވެ. މިގޮތުން ރަޖިސްޓްރީވާ ފަރާތްތަކަށް ޕްރީބިޑް މީޓިންގެ ލިންކް ފޮނުވޭނެއެވެ. އަދި މިއިދާރާގައި ރަޖިސްޓަރީނުވާ ފަރާތްތަކަށް ބީލަންހުށައެޅުމުގެ ފުރުޞަތު ނެތްކަމުގައި ދަންނަވަމެވެ. މި ބީލަމާއިގުޅޭ އިތުރު މަޢުލޫމާތު މި އިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.