ދިވެހިރާއްޖެ
`
މުލަކު ސްކޫލް
މ.މުލައް ނަންބަރު:GS166/IUL/2021/019
ދިވެހިރާއްޖެ
އިޢުލާން
2022 ވަނަ އަހަރަށް ސްކޫލުގެ ކުނި އުކާލަދޭނެ ފަރާތެއް ހޯދުން
2022 ވަނަ އަހަރު މި ސްކޫލުގެ ކުނި އުކާލަދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.
މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރ: 19/2021) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރާބައްދަލުވުމަށް ވަޑައިގަންނަވާއިރު ވިޔަފާރި ހުއްދައިގެ ކޮޕީއާއި އައި.ޑީ ކާޑު ގެންނަންވާނެއެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާރީޚަށް މި ސްކޫލުގެ އޮފީހަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު އޮންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. އަންދާސީހިސާބު ބަލައިގަތުމާއި ކެނޑުން އޮންނާނީ ކަނޑައެޅިފައިވާ ތާރީޚުގައި އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.
މަޢުލޫމާތު ސާފުކުރުމާއި، އަންދާސީހިސާބު ހުށަހެޅުން |
މުލަކު ސްކޫލް އޮފީސް |
މަޢުލޫމާތު ސާފުކުރުން |
27 ޑިސެމްބަރ 2021 ވާ ހޯމަދުވަހުގެ 13:00 ގައި |
އަންދާސީހިސާބު ހުށަހެޅުމާއި، އަންދާސީހިސާބު ކެނޑުން |
30 ޑިސެމްބަރ 2021 ވާ ބުރާސްފަތިދުވަހުގެ 13:00 ގައި |
މުލަކު ސްކޫލް
ޗާންދަނީމަގު، މ. މުލައް، ދިވެހިރާއްޖެ.
ފޯން: 7952903 , 7988183
އީ-މެއިލް: [email protected]
ކޮޕީ-މެއިލް: -
15 ޖުމާދަލްއޫލާ 1443
19 ޑިސެމްބަރ 2021