ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-D/266/2021/151
ޕަބްލިޝްކުރި ތާރީޚް: 19 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 12:46
ސުންގަޑި: 20 ޖަނަވަރީ 2022 12:00
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު

1443 ވަނަ އަހަރުގެ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ކުޅުދުއްފުށިން  އަލަށް ރަޖިސްޓްރީ ވުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށްއެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. އަދި 1442 ވަނަ އަހަރު ފަޤީރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުން މިފަހަރު ރަޖިސްޓްރީ ވާކަށް ނުޖެހޭނެއެވެ. ކައުންސިލަށް ފޯމް ބަލައިގަނެވޭނީ ފޯމްގައި ފުރިހަމަ ކުރަންޖެހޭ ބައިތައް ފުރިހަމަކޮށް، ފޯމާއި އެކު ހުށަހެޅުމަށް ބަޔާންކޮށްފައިވާ ލިޔުންތަކާއި އެކު ފޯމް ހުށަހެޅުމުންނެވެ.

ކައުންސިލް އިދާރާއިން ފޯމް ދޫކުރުމާއި ބަލައިގަތުން:

  • ފޯމް ދޫކުރުން: 19 ޑިސެމްބަރ 2021 ން 20 ޖެނުއަރީ 2022 އަށް ރަސްމީ ދުވަސްތަކުގައި: 08:30 ން 13:00 އަށް ކައުންސިލް އިދާރާގެ ރަސްމީ ކައުންޓަރުން
  • ފޯމް ބަލައިގަތުން: 02 ޖެނުއަރީ 2022 ން 20 ޖެނުއަރީ 2022 އަށް ރަސްމީ ދުވަސްތަކުގައި: 09:00 ން 12:00 އަށް ކައުންސިލް އިދާރާއިން

 

                 ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

19 ޑިސެންބަރު 2021