ނީލަން
ނަންބަރު: (IUL)236-AHI/236/2021/26
ޕަބްލިޝްކުރި ތާރީޚް: 19 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 08:24
މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޖަނަރޭޓަރ ސިޓީލާ ނީލަމުގައި ވިއްކާލުން.

     މިކައުންސިލްގައި ބޭނުންކުރަމުންދިޔަ މޮޑެލް ނަންބަރު YTB-15T ޖަނަރޭޓަރ ސިޓީލާ ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ. ނީލަން ފެށޭއަގަކީ 5000.00ރ (ފަސްހާސްރުފިޔާ)އެވެ. ހުށަހަޅާ އަގަށް އިތުރު ކުރެވޭ އެންމެ ކުޑައަގަކީ 500.00ރ (ފަސްސަތޭކަރުފިޔާ) އެވެ. ނީލަމުގައި ބައިވެރިވެލައްވާ ފަރާތްތަކުން ކޮންމެ ދުވަހެއްގެ 12:00 ގެ ކުރިން ޖަނަރޭޓަރ ގަތުމަށް ބޭނުންވާ އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅުއްވާނީ NL04 ފޯމް ފުރިހަމަކޮށް ފޯމް ސިޓީ އުރައެއްގައި ބަންދު ކޮށްގެނެވެ. ނީލަން ހުށަހަޅާފޯމް މި އިދާރާގެ ކައުންޓަރުންނާއި މި އިދާރާގެ ވެބްސައިޓް  meem.gov.mv އިން ލިބޭނެއެވެ. 

     ކޮންމެ ދުވަހަކު 12:00 އާ ހަމައަށް ހުށަހަޅާ އެންމެ މަތީ އަގު އެދުވަހެއްގެ 13:00 ގައި މިއިދާރާގެ ނޯޓިސް ބޯޑާއި ފޭސްބުކު ޕޭޖުގައި ޢާއްމު ކުރެވޭނެއެވެ. ނީލަމަށް ހުށަހަޅާއަގު ޖެހިޖެހިގެން 48 ގަޑި އިރު އެއްއަގެއް އޮވެއްޖެނަމަ އެއަގަކަށް ނީލަން ނިންމާ ލެވޭނޭއެވެ.

ޖަނަރޭޓަރ ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިކައުންސިލްގެ ނަންބަރު 6720600 އާއި ގުޅުއްވުން އެދެމެވެ.

     ނީލަމުން ނަންގަވާ ޖަނަރޭޓަރ ދޫކުރާނީ މިކައުންސިލަށް ފައިސާ ދެއްކެވުމަށް ފަހުގައެވެ. ނީލަން ނިމޭތާ ރަސްމީ 7 ދުވަހުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ ދެވަނަ އަށް އަގު ހުށަހަޅާފައިވާ ފަރާތަން ނީލަން ކާމިޔާބުކުރިކަމުގައި ބެލުމަށްފަހު އެފަރާތަށް ފައިސާ ދެއްކުމަށް 7 ދުވަހުގެ މުހުލަތެއްދީ ނީލަން ނިންމާލެވޭނެއެވެ.

ޖަނަރޭޓަރާބެހޭ އިތުރު މަޢުލޫމާތު

މޮޑެލް ނަންބަރު:  YTB-15T

ބްރޭންޑް:  ޔަންމާ

ރަޖިސްޓްރީ ކުރި ތާރީޚް: 2004

ހަކަތައިގެ ބާވަތް: ޑީސަލް

ކިލޯ: 10 ކިލޯ

19 ޑިސެންބަރު 2021