މަސައްކަތް
ނަންބަރު: (IUL)309-AHI/309/2021/60
ޕަބްލިޝްކުރި ތާރީޚް: 16 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 08:54
ސުންގަޑި:
27 ޑިސެންބަރު 2021 13:00
މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު - ރ.އިނގުރައިދޫ މަސްޖިދުލް އަމާނީ އަދި މަސްޖިދުލް އިބްތިޙާލް މިސްކިތުގެ މަރާމާތު
1. ރ.އިނގުރައިދޫ މަސްޖިދުލް އަމާނީ އަދި މަސްޖިދުލް އިބްތިޙާލް މިސްކިތުގެ މަރާމާތުކުރުމަށް މިއިދާރާގެ ނަންބަރު: IUL)309-ESM/309/2021/36) (06 އޮކްޓޫބަރު 2021) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތައް ބާޠިލް ވެފައިވާތީ އަލުން އިޢުލާނުކުރުމަށެވެ.
2. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 27 ޑިސެންބަރު 2021 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ބީލަމުގައި ބައިވެރިވުމަށް މި އިދަރާގައި ރަޖިސްޓްރީ ކުރެވުން އެދެމެވެ. ބީލަން ހުށަހެޅުމަށް ބައިވެރިވެވޭނީ ހަމައެކަނި ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓްރީ ކުރަން އެދޭފޯމު އިނގުރައިދޫ ކައުންސިލްގެ އިދާރާއިން އަދި ދިވެހިސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ.
3. މި ބީލަމާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 29 ޑިސެންބަރު 2021 ވާ ހޯމަ ދުވަހުގެ 13:30ގެ ކުރިން ތިރީގައިވާ އީ-މެއިލް އެޑްރެހަށް ލިޔުމުން ފޮނުވުންއެދެމެވެ.
4. މި ބީލަމުގެ ޕްރީ ބިޑް މީޓިން އޮންނާނީ 02 ޖަނަވަރީ 2022 ވާ އާދީއްތަ ދުވަހު 10:15ގައި އިނގުރައިދޫ ކައުންސިލްގެ އިދާރާގައެވެ.
5. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 09 ޖަނަވަރީ 2022 ވާ އާދީއްތަ ދުވަހުގެ 10:15ގައި އިނގުރައިދޫ ކައުންސިލްގެ އިދާރާގައެވެ.
6. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ފޯނު ނަންބަރު: 6580028
އީ-މެއިލް: [email protected]
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
12 ޖުމާދަލްއޫލާ 1443
16 ޑިސެންބަރު 2021