މަޤާމު
|
ކޭޝިއަރ
|
ބޭނުންވާ ޢަދަދު
|
1 ( އެކެއް )
|
ވަޒީފާގެ ބާވަތް
|
ކޮންޓްރެކްޓް، 01 އަހަރު ދުވަހުގެ މުއްދަތަށް
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
ދެއްވަދޫ އައިސްޕްލާންޓް / ފިޝް ޕްރޮކިޔުމަންޓް އެންޑް ލޮޖިސްޓިކް ޑިޕާޓްމެންޓް
|
ޖުމްލަ މުސާރަ:
|
4960.00 ރުފިޔާ
|
އިތުރު ޢިނާޔަތްތައް:
|
- ކޮއްތު ފައިސާގެ ގޮތުގައި ދުވާލަކަށް 60 ރުފިޔާ ދެވޭނެއެވެ.
- އިތުރުގަޑީގައި ނުވަތަ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑިއާ، ބަންދު ދުވަހުގެ ފައިސާ ދެވޭނެއެވެ.
|
ޝަރުޠު:
|
- ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން " ޑީ " ފާސް ލިބިފައިވުމުގެ އިތުރުން ސެކަންޑަރީ ސެޓްފިކެޓް އިމްތިހާނުގައި " ދިވެހި " މި މާއްދާއިން ދަށްވެގެން " ސީ " ފާސް ލިބިފައިވުން ނުވަތަ މަޤާމާއި ގުޅޭ ދާއިރާއެއްގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގެ މަސްޢޫލިއްޔަތު:
|
- އައިސްޕްލާންޓް މުވައްޒަފުންގެ ޑިއުޓީ ރޯސްޓަރ ތައްޔާރުކޮށް ޑިއުޓީތައް ހަމަޖެހިފައިވާގޮތް މުވައްޒަފުންނަށް އެންގުން.
- އައިސްޕްލާންޓް މުވައްޒަފުންގެ ސަލާމާއި ޗުއްޓީގެ ކަންތައް ބެލެހެއްޓުން، މިގޮތުން މެސެޖް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވައި ތަނަށް ދަތިނުވާނެހެން މުވައްޒަފުން ޗުއްޓީ ފޮނުވުމުގައި ޒިންމާ ނެގުން.
- މަސައްކަތުގެ މާހައުލުގައި އައިސްޕްލާންޓް މުވައްޒަފުންގެ އަޚްލާގު ރަނގަޅު ކުރުމަށް މަސައްކަތް ކުރުން، މިގޮތުން ފަރުވާކުޑަ މުވައްޒަފުންބަލައި ނަސޭޙަތް ދިނުމާއި އިސްލާޙްނުވާ މުވައްޒަފުން ބަލައި ރިޕޯރޓްކުރަންޖެހޭ ފަރާތްތަކަށް ރިޕޯރޓް ކުރުން.
- ކޮންމެ ދުވަހަކުވެސް ރޭވިފައިވާ މަސައްކަތު ޕްލޭނާއި އެއްގޮތަށް މަސައްކަތް ކުރިޔަށް ގެންދިއުން.
- ޑެއިލީ ރިޕޯޓް، ވީކްލީ ރިޕޯޓް، އޯޓީ ރިޕޯރޓް އަދި މަންތްލީ ރިޕޯޓްތައް ކަނޑައެޅިފައި އޮންނަ ތާރީޚުތަކަށް ނިންމާ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
- އައިސްޕްލާންޓްގައި މަސައްކަތްކުރާ މުވައްޒަފުންގެ ޙާޟިރީ ދުވަހުން ދުވަހަށް ބަލައި ޗެކްކޮށް ކޮންމެ މަހެއްގެ 26 ވަނަ ދުވަހުގެ ކުރިން ކޫއްޑޫ އެޗް އާރް ޑިޕާރޓްމެންޓަށް ހުށައަޅަން ވާނެވެ.
- ކުންފުނިން ކަޑައަޅާފައިވާ ފައިސާ ގެންގުޅުމާއި ބެލެހެއްޓުމުގެ އުސޫލުތަކާއި އެއްގޮތައް އައިސްޕްލާންޓުގެ ފައިސާގެ ކަންތައްތައް ބަލަހެއްޓުން.
- އައިސް ހަދަމުން ދާއިރު ނުވަތަ ޕްލާންޓް ހިންގާފަ ހުންނަ ވަގުތުގައި ކޮންޓެއިނާގައި އެންމެ އެކަށީގެންވާ ގޮތެއްްގައި އައިސް ޖެހޭނެ ފަދަ ގޮތަކަށް އައިސް ފެތުރުމަށް ސަމާލުކަން ދިނުން.
- ޑެއިލީ އަދި މަންތްލީކޮށް ތައްޔާރުކުރަން ޖެހޭ ރިޕޯރޓްތައް ތައްޔާރުކޮށް ރިޕޯރޓް ކުރަންޖެހޭ ފަރާތްތަކަށް ލަސްނުކޮށް ފޮނުވުން.
- އައިސްޕްލާންޓަށް ބޭނުންވާ ތެލާއި، މެޓީރިއަލްސް އަދި އޭގެ ސްޓޮކް ބަލަހައްޓައި ބޭނުންވާ މެޓީރިއަސްތަކާއި ތެލަށް، އައިސްޕްލާންޓް ހިންގުމާއި ހަވާލުވެހުންނެވި ވެރިއެއްގެ ލަފާގެ މަތިން ލަސްނުކޮށް އޯޑަރު ކުރުން.
- އައިހާއި، ބޮނެފެނެ އަދި ކުންފުނިން އައިސްޕްލާންޓްގައި ވިއްކާ އެހެނިހެން އުފެއްދުންތަކުގެ ސްޓޮކް އަޕްޑޭޓްކޮށް ބެލެހެއްޓުން.
- އައިސް ޕްލާންޓްގެ ޑެއިލީ ސޭލްސް، ފިއުލް ކޮންސަންޕްޝަން އަދި ސްޓޮކް ބެލެންސް އެންމެ ލަސްވެގެން ޖެހިގެން އަންނަދުވަހުގެ ހެދުނު 8:30 ގެ ކުރިން ފޮނުވުން.
- ރަސްމީ ކަންތަކުގައި ފޮނުވަންޖެހޭ އީމެއިލްތަކާއި، ރޭޑިއޯ މެސެޖް އަދި އެހެނިހެން ލިޔެކިޔުންތައް ފޮނުވުމާއި، ލިޔެކިޔުން ފައިލް ކުރުން.
- އައިސްޕްލާންޓަށް ލިބޭ ފައިސާ ރައްކާތެރިކަމާއެކު ބެލެހެއްޓުން. އަދި ފައިސާ އައިސްޕްލާންޓްގައި ގިނަނޮކޮށް ވީއެންމެ އަވަހަކަށް ކޫއްޑޫއަށް ފޮނުވުން.
- އައިސް ޕްލާންޓަށް އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ ވަގުތުން އައިސްޕްލާންޓް ހިންގުމާއި ހަވާލުވެހުންނެވި ވެރިއަކަށް އެކަން އެންގުން.
-
-
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:
|
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.
|
އިންޓަރވިއުކުރުން:
|
އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއިއެވެ.
|
ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
|
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).
- ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.
- ޕޮލިސްރިޕޯޓް (ވަޒީފާއަށް ހޮވުނުކަން އެންގުމުން).
|
ތަކެތި ހުށަހަޅަންޖެހޭ އޮފީސް:
|
- އެޕްލިކޭޝަން ހުށަހަޅާނީ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ހިއުމަން ރިސޯސް ޑިޕާޓްމެންޓަށެވެ.
- އީމެއިލް ކުރައްވާނީ [email protected] އަށެވެ.
- ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހަޅަންޖެހޭ ސުންގަޑިއަކީ 23 ޑިސެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 އެވެ.
- މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.
|
|