މަސައްކަތް
ނަންބަރު: GS31/IUL/2021/28
ޕަބްލިޝްކުރި ތާރީޚް: 16 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 14:43
ސުންގަޑި: 26 ޑިސެންބަރު 2021 11:00
ދ. އަތޮޅު މަދަރުސާ، ދ. މީދޫ
ދިވެހިރާއްޖެ
2022 ވަނަ އަހަރު ސުކޫލުގެ ސެކިޔުރިޓީ ބެލެހެއްޓުން

ޢިއުލާން

 

2022 ވަނަ އަހަރަށް ސްކޫލްގެ ޢިމާރާތާއި ގޯތީގެ ސެކިޔުރިޓީ އައުޓު ސޯސްކޮށްގެން ހިންގާބަލަހައްޓާދޭނެ ފަރާތެއް ހޯދުން

 

މިމަދަރުސާގެ ނަންބަރ: Gs31/IUL/2021/26  (12 ޑިސެމްބަރ 2021 )ގެ އިއުލާނާ ގުޅިގެން އެދެވޭ ތަރުހީބެއް ލިބިފައިނުވާތީ އެއިއުލާން  ބާތިލްކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

 

01 ޖަނަވަރީ 2022 އިން ފެށިގެން 31 ޑިސެމްބަރ 2022 ގެ ނިޔަލަށް މިސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓައި ދިނުމުގެ މަސައްކަތަށް  ބީލަން ހުށައެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

މި މަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2014/18) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް ހާޒިރުވެލައްވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ،ވެރިފަރާތުގެ ސިޓީއަކާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅަން ވާނެއެވެ.

މި ބީލަމުގައި ބައިވެރިވުމަށް ނަންނޯޓް ނުކުރާ ފަރާތްތަކަށާއި ގަޑީގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކަށްއަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނެތްވާހަކަ ދަންނަވަމެވެ.

 

1-  ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 16 ޑިސެމްބަރ 2021 އިން 20 ޑިސެމްބަރ 2021 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 13:00 އަށް މިސްކޫލަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ނަންނޯޓް ކުރެއްވުން އެދެމެވެ.

2-  މި ޕޮރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއް ވާނަމަ 2021 ޑިސެމްބަރ 20 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.

3-  މި ބީލަމާ ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2021 ޑިސެމްބަރ 21 ވާ އަންގާރަ ދުވަހުގެ 11.00 ގައި ދ.އަތޮޅު މަދަރުސާގެ އޮފީހުގައެވެ.

4-  އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2021 ޑިސެމްބަރ 26 ވާ އާދިއްތަ ދުވަހުގެ 11:00 ގައި ދ. އަތޮޅުމަދަރުސާގެ އޮފީހުގައެވެ.

5-  މި ޕޮރޮޖެކްޓާގުޅޭ ބީލަން ފޮތް އިޢުލާނާއެކު އެޓޭޗުކުރެވިފައި ވާނެވާހަކަވެސް ދެންނެވީމެވެ.

6-  އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިލައްވާނެއެވެ.

ދ.އަތޮޅު މަދަރުސާ

ފޯނު ނަންބަރ: 7952915

އީމެއިލް: [email protected]

16 ޑިސެންބަރު 2021