ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)425-CB/1/2021/319
ޕަބްލިޝްކުރި ތާރީޚް: 16 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 14:41
ސުންގަޑި: 27 ޑިސެންބަރު 2021 14:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލޭ ސިޓީ ކައުންސިލުން އިޢުލާންކޮށްފައިވާ 211 ޕާކިންގ ސްލޮޓަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ލިސްޓް އާންމުކުރުން

މާލެ ސިޓީ ކައުންސިލްގެ ފަރާތުން މާލޭގައި ތަރައްގީކޮށްފައިވާ 211 ޕާކިންގ ސްލޮޓަށް ކުރިމަތިލުމަށް ހުޅުވާލުމުން، އެ ސްލޮޓްތައް ހޯދުމަށް ކުރިމަތި ލާފައިވާ ފަރާތްތަކުގެ މެދުގައި ޕާކިންގ ސްލޮޓްތައް ލިބޭ ފަރާތްތައް ކަނޑައެޅުމަށް 2021 ޑިސެމްބަރ މަހުގެ 05 ވަނަ ދުވަހު މި ކައުންސިލްގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ގުރުއަތު ނެގުމުގެ ބައްދަލުވުމުގައި އިދާރީ ގޮތުން ކުރަންޖެހޭ ބައެއް ކަންކަން ނުކުރެވި ހުރިކަން ފާހަގަ ކުރެވިފައި ވާތީ، ޕާކިންގ ސްލޮޓްތަކުގެ ގުރުއަތުލުން އަލުން ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ކުރިން ނެގުނު ގުރުއަތުލުމުގެ ބައްދަލުވުމުގައި ހޮވިފައިވާ ފަރާތްތައް ކެންސަލް ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.

           މާލޭގައި ތަރައްގީކޮށްފައިވާ 211 ޕާކިންގ ސްލޮޓް ދޫކުރުމަށް އިދާރީ ގޮތުން ނިންމަންޖެހޭ ކަންކަން ނިންމުމަށްފަހު އަލުން ގުރުއަތު ނެގުމުގެ ބައްދަލުވުން ބާއްވާނެ ދުވަހަކާއި ގަޑިއެއް ފަހުގެ ތާރީހެއްގައި އިޢުލާން ކުރާނެ ވާހަކަ ދަންނަވަމެވެ.  މާލެ ސިޓީ ކައުންސިލުން އިޢުލާން ކޮށްފައިވާ 211 ޕާކިން ސްލޮޓަށް ކުރިމަތި ލާފައިވާ ފަރާތްތަކުގެ ލިސްޓް އިޢުލާން ކުރީމެވެ.

          ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

           12 ޖުމާދުލްޢޫލާ 1443

           16 ޑިސެމްބަރ 2021

16 ޑިސެންބަރު 2021