ކުއްޔަށް ދިނުން
ނަންބަރު: (IUL)395-02/395/2021/88
ޕަބްލިޝްކުރި ތާރީޚް: 16 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 14:15
ސުންގަޑި: 27 ޑިސެންބަރު 2021 13:00
ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބޮޑުތަކުރުފާނު މަގު (މާމަގު) ދެފަރާތު ރުއްގަނޑު ކުއްޔަށްދިނުމާއި ގުޅޭ

މިރަށު ބޮޑުތަކުރުފާނު މަގުގެ ދެފަރާތުގައި އިންދާ ހައްދާފައިވާ ދިވެހި ރުއްތައް އެންމެ ރަނގަޅު އަގެއް ހުށަހަޅާ ފަރާތަކަށް 01 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށްދިނުމަށް ވަނީ ހަމަޖެހިފައެވެ.     

          ވީމާ، ބޮޑުތަކުރުފާނު މަގުގެ ދެފަރާތުގައިވާ، ރުއްތަކުގެ ތެރެއިން، ކުއްޔަށް ދިނުމަށް ހަމަޖައްސާފައިވާ 139 (ސަތޭކަ ތިރީސް ނުވައެއް) ރުކުގައި މިހާރުވަނީ ފެހިކުލައާއި ނޫކުލައިގެ ދަވާދުން ނަމްބަރު ޖަހާފައެވެ. އެ ރުއްތައް ކުއްޔަށް ނަންގަވަން ބޭނުންވާ ފަރާތްތަކުން، 27 ޑިސެމްބަރ 2021 ވާ ހޯމަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ހުށަހަޅުއްވާ އަންދާސީ ހިސާބުގައި ރުއްތައް 01 އަހަރު ދުވަހަށް ކުއްޔަށް ހިފަން ޤަސްދުކުރާ އަގާއި، ހުށަހަޅާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ގުޅޭނެ ނަމްބަރު ފަދަ މުޙިއްމު މަޢުލޫމާތުތައް ހިމަނަންވާނެއެވެ. އަދި މިރުއްތައް ކުއްޔަށް ނަންގަވާ ފަރާތުން، ރުއްތަކުގެ ފެށޭ ހިސާބުން، ނިމޭ ހިސާބާއި ދެމެދު މާމަގުގެ ދެފަރާތު މަގުކައިރި ޖަހައި މަގަށް ވިނަ ނުނިކުންނާނެގޮތަށް ބަލަހައްޓަންވާނެއެވެ. މިކަން ކުރާނީ މިއިދާރާގެ ލަފާގެ މަތިންނެވެ.   

 

16 ޑިސެންބަރު 2021