ޢާންމު މަޢުލޫމާތު
ނަންބަރު: 271-ESMS/INDIV/2021/187
ޕަބްލިޝްކުރި ތާރީޚް: 16 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 13:13
މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޢާންމު ފަރުދުންނަށް ބަނދަރުގެ ނެރަށް އެޅިފައިވާ ވެލި ދޫކުރުމާއިގުޅޭ

އިޢުލާން

ޢާންމު ފަރުދުންނަށް ބަނދަރުގެ ނެރަށް އެޅިފައިވާ ވެލި ދޫކުރުމާއިގުޅޭ

 

 

ބަނދަރުގެ ނެރަށް ވެލި އެޅި ތިލަވެފައިވުމާއި ގުޅިގެން ބަނދަރުން ލަފާފުރާ އުޅަނދު ފަހަރަށް ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާތީއާއި އޮޑިވެރިންގެ އެދުމާއި އެކު ނެރު ފުންކުރުމަށް ވަގުތީ ހައްލެއްގެ ގޮތުން، ތިރީގައި މިދަންނަވާ އުޞޫލުތަކާއި އެއްގޮތަށް ބަނދަރުގެ ނެރުން ވެލި ދޫކުރުމަށް ހަމަޖެހިފައިވާކަން އެންމެހާ ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

  • ވެލި ނެގުމުގެ ކުރިން ކައުންސިލުގައި ނަންނޯޓް ކުރުމަށް ފަހު ހުއްދަ ހޯދަންވާނެއެވެ.
  • ނަންނޯޓް ކުރުމާއި ހުއްދަ ދޫކުރުން އޮންނާނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 އިން 13:00 އަށް މިއިދާރާގެ ކައުންޓަރުންނެވެ.
  • ވެލި ދޫކުރާނީ ކައުންސިލުން ހަމަޖައްސާފައިވާ ވަކި ސަރަޙައްދަކުންނެވެ.
  • ވެލިނެގުމުގެ މަސައްކަތަށް އެއްވެސް ޙާލަތެއްގައި ބޮޑު ހިލަތޮށީގެ ބޭނުންކޮށްގެން ނުވާނެވެ.
  • ވެލި ނެގުމުގެ މަސައްކަތުގައި ހިލަތޮއްޓަށް ގެއްލުންވާނެ ފަދަ އެއްވެސް ޢަމަލެއްކޮށްގެން ނުވާނެވެ.
  • ވެލި ނެގުމުގެ މަސައްކަތަށް ބޭނުންކުރި އެއްވެސް އެއްޗެއް ފަޅުތެރެއަށް ނުވަތަ ހިއްކިބިމަށް ދޫކޮށްލައިގެން ނުވާނެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

12 ޖުމާދަލްއޫލާ 1443

16 ޑިސެމްބަރ 2021

16 ޑިސެންބަރު 2021