ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)375/375/2021/40
ޕަބްލިޝްކުރި ތާރީޚް: 16 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 09:55
ސުންގަޑި: 03 ޖަނަވަރީ 2022 11:00
ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރުގައި ކެރޭނެއް ހަރުކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ

ދ.މީދޫ ބަނދަރުގައި މުދާ ބޭލުމަށް، ކެރޭނެއް ހަރުކޮށް ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ އަމިއްލަ ތަކެތީގައި ހިދުމަތް ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚްގައި މަޢޫލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށަހެޅުންއެދެމެވެ.

މަޢުލޫމާތު ސާފުކުރުން

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 3 ޖެނުއަރީ 2202 ވާ (ހޯމަ) ދުވަހުގެ 11:00 ގައި ނިލަންދެ އަތޮޅު ދެކުނުބުރީ މީދޫ ކައުންސިލް އިދާރާގައެވެ.

އަންދާސީ ހިސާބު ހުށަހެޅުން

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 09 ޖެނުއަރީ 2022 ވާ (އާދިއްތަ) ދުވަހުގެ 11:00 ގައި ދ.މީދޫ ކައުންސިލް އިދާރާގައެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅަންވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތައްޓަކައި ދެންނެވީމެވެ. ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތަކާއި، އީމެއިލް އާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުވާނެވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މައުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށް ބިޑު ހުށައެޅުމުގެ ފުރުޞަތު ދެވެން ނެތްކަންވެސް ދަންނަވަމެވެ.

16 ޑިސެންބަރު 2021