ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)353/2021/50
ޕަބްލިޝްކުރި ތާރީޚް: 15 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 09:42
ސުންގަޑި:
31 މާރިޗު 2022 14:00
އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރަށުގައި ޢިމާރާތް ކުރަންވީ ގޮތުގެ ޕްލޭނިންގ ޤަވާއިދެއް ހެދުމާބެހޭ
އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ
ދިގުރަށް، ދިވެހިރާއްޖެ.
ނަންބަރު:(IUL)353/353/2021/50
އިޢުލާނު
ރަށުގައި ޢިމާރާތްކުރަންވީ ގޮތުގެ ޤަވާއިދެއް ހެދުމާގުޅޭ
އަރިއަތޮޅު ދެކުނުބުރީ ދިގުރަށުގައި ޢިމާރާތްކުރަންވީގޮތުގެ " ޕްލޭނިންގ ޤަވާއިދެއް" ހަދައި ގެޒެޓްކުރެވެންދެން، ޢިމާރާތުގެ ދުވާރުންފެށިގެން ރޫފްބީމް ނުވަތަ ޓެރަސް ސްލެބް، ނުވަތަ ޑެގްގެ މަތީކައިރިއާ ހަމައަށް 15 މީޓަރަށްވުރެ އުސްކޮށް ޢިމާރާތްކުރުމަށް ހުއްދަ ހޯދުމަށް ހުށަހަޅާ ކުރެހުންތަކަށް ހުއްދަ ނުދިނުމަށް ކައުންސިލްގެ 4 ވަނަ ދައުރުގެ 31 ވަނަ ޢާންމު ޖަލްސާއިން ނިންމާފައިވާތީ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަމެވެ.
11 ޖުމާދަލްއޫލާ 1443
15 ޑިސެމްބަރ 2021
ޢިބުރާހީމް ޢުޘްމާން
ކައުންސިލްގެ ރައީސް
15 ޑިސެންބަރު 2021