ދިވެހިރާއްޖެ
ނަންބަރު: (IUL)GAAH/GAAH/2021/37
އިޢުލާން
އަތޮޅުހޮސްޕިޓަލް ފޮޅާ ސާފުކުރުމާބެހޭ:
މި ހޮސްޕިޓަލުގެ ޢިމާރާތްތަކާއި ގޯތި، އަދި ވަށައިގެންވާ މަގުތައް ކުނިކަހައި ފޮޅާ ސާފުކުރުމުގެ މަސައްކަތް 2 އަހަރު ދުވަހުގެ ކޮންޓްރެކްޓް އުސޫލުން، އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަށްބޭނުވޭ
ވީމާ، މި މަސައްކަތް 2 އަހަރު ދުވަހުގެ ކޮންޓްރެކްޓް އުސޫލުން، އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 22 ޑިސެމްބަރ 2021 ވާ ބުދަ ދުވަހުގެ މެންދުރު 14.00 ގައި މި ހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު 29 ޑިސެމްބަރ 2021 ވާ ބުދަ ދުވަހުގެ މެންދުރު 14.00 ގައި އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ބޭފުޅުންގެ އަންދާސީ ހިސާބުތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް އަދި މަޢުލޫމާތު ފުރިހަމަނުކުރައްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ ޤާނޫނު ނަންބަރު: 2014/18 (ވިޔަފާރި ރަޖިސްޓަރީ ކުރުމާބެހޭ ޤާނޫނު) ނުވަތަ 2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
16 ޑިސެމްބަރ 2021 މ.