ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)425-CB/1/2021/317
ޕަބްލިޝްކުރި ތާރީޚް: 16 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 08:41
ސުންގަޑި: 27 ޑިސެންބަރު 2021 14:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިލޭސާބަހަށް ފޮޅާސާފުކުރުމަށާއި ކުދި މަރާމާތުތައް ކުރުމަށް ޙަވާލުކުރެވޭ މާލެ ސިޓީގެ މިސްކިތްތަކުގައި ކުރަންޖެހޭ މަސައްކަތްތަކާއި އެ މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވާ ގޮތުގެ އުޞޫލު އިޢުލާން ކުރުމާއި ގުޅޭ.

މާލެސިޓީގެ މިސްކިތްތައް ހިލޭސާބަހަށް ފޮޅާސާފު ކުރުމަށާއި މަރާމާތު ކުރުމަށް ބޭނުންވާ ފަރާތްތަކަށް އަދި މިސްކިތަކަށް ތަކެތި ހަދިޔާ ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ. މާލެ ސިޓީގެ މިސްކިތްތަކަށް ހިލޭ ސާބަހަށް ޚިދުމަތް ކޮށްދިނުމުގައި ގެންގުޅޭނެ އުސޫލު އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ. މި އުސޫލު އިޢުލާނާއި އެއްކަރުދާސްކޮށްފައި ވާނެއެވެ. މި ގޮތުން މި އުސޫލާއި އެއްގޮތްވާ ގޮތުގެ މަތިން މާލެސިޓީގެ މިސްކިތްތައް ހިލޭސާބަހަށް ފޮޅާސާފު ކުރުމަށާއި މަރާމާތު ކުރުމަށް ބޭނުންވާ ފަރާތްތަކަށް އަދި މިސްކިތަކަށް ތަކެތި ހަދިޔާ ކުރުމަށް ބޭނުންވާ ފަރާތްތަކުން މާލެ ސިޓީ ކައުންސިލަށް ހުށަހަޅަމުން ގެންދެވުމަށް ދަންނަވަމެވެ. އަދި ފައިސާގެ އެހީތެރިކަން ވާން ބޭނުންފުޅުވާ ފަރާތްތަކުން ފިނޭންސް މިނިސްޓްރީގެ 'ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ޑޮނޭޓް ކުރެއްވުން އެދެމެވެ.

ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

16 ޑިސެންބަރު 2021