ދިވެހިރާއްޖެ
މިކައުންސިލްގެ ނަންބަރު (IUL)308/2021/72 (2021 ނޮވެންބަރު 21) އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އެމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މިކައުންސިލުންދޭ ކޮންސެޕްޓާއި އެއްގޮތަށް ކައުންސިލްގެ އިދާރާގެ ޢިމާރާތް ކުރަހައި، މިކުރެހުމާއި އެއްގޮތަށް ޢިމާރާތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިއިޢުލާނާއެކު ކޮންސެޕްޓް ކުރެހުން އެއްއުރަ ކޮށްފައިވާނެއެވެ.
ކައުންސިލް އިދާރާގެ ކުރެހުން ސެޓްގައި ހުންނަންޖެހޭ ސިފަތަކާއި ތަފްޞީލުތައް
- މި އިޢުލާނާއި އެއްފަތްކޮށްފައިވާ ކޮންސެޕްޓްގެ އަސްލު ނުގެއްލޭގޮތަށް ކައުންސިލް އިދާރާގެ ޢިމާރާތުގެ 4 ފްލޯގެ އާކިޓެކްޗްރަލް އަދި ސްޓްރަކްޗަރަލް ކުރެހުންސެޓް ފުރިހަމަކުރުން.
- ޢިމާރާތުގެ ކަރަންޓާއި ފެނާއި ނަރުދަމާ އާއި ކޮމްޕިއުޓަރ ނެޓުވޯކުގެ ތަފްސީލްކުރެހުންތަކާއި އަލިފާން ނިވާ ނިޒާމްގެ ތަފްސީލުތައް.
- ޢިމާރާތުގެ އެތެރެއާއި ބޭރުގައި ހަރުކުރާ ތަކެއްޗާއި ލާ ކުލަތަކުގެ ތަފްސީލް މަޢުލޫމާތުތައް.
- ބިމުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފައި، ގޯތިތެރޭގެ ބަގީޗާ ހައްދާ ސަރަޙައްދުތަކާއި ވަކިވަކި ގަސް އިންދާ ސަރަޙައްދުތައް.
- ޢިމާރާތުގެ އެތެރެއާއި ބޭރުގެ ތްރީޑައިމެންޝަން ވިޝުއަލްހެދުން.
- ބިލް އޮފް ކުއެންޓިޓީ (ބީ.އޯ.ކިއު) ތައްޔާރުކުރުން.
- ބިލް އޮފް މެޓީރިއަލްސް (ބީ.އޯ.އެމް) ތައްޔާރުކުރުން.
- ކުރެހުންތަކާއި ލިޔުންތަކުގައި ހުއްދަ އޮތް އާކިޓެކްޗަރަލް ޗެކަރ އަދި ސްޓްރަކްޗަރަލް ޗެކަރ ތައްގަނޑުޖެހުން.
ޢިމާރާތްކުރުން
- ޢިމާރާތްކުރަން ކަނޑައަޅާފައިވާ ސައިޓް ސާފުކޮށް ސައިޓް ވަކިކުރުން.
- ސައިޓްގައި މަސައްކަތްކުރާ ކޮންޓްރެކްޓަރާއި ކުރާ މަސައްކަތުގެ ލޭއައުޓް ސައިޓް ބޭރަށް ފެންނާނެހެން ހަރުކޮށްފައިބެހެއްޓުން.
- ކުރެހުމާއި އެއްގޮތަށް ޢިމާރާތްކުރުމާއި ޢިމާރާތުގެ ހުރިހާ މަސައްކަތްތައް ނިންމައި ކައުންސިލާއި ޙަވާލުކުރުން.
ބިޑް ރަޖިސްޓްރޭޝަން
2021 ޑިސެންބަރު 26 ވާ އާދިއްތަ ދުވަހުގެ 13:00ގެ ކުރިން ބިޑް ރަޖިސްޓްރީކުރަންވާނެއެވެ. ބިޑް ރަޖިސްޓްރީ ކުރައްވާނީ މިކައުންސިލްގެ [email protected] / [email protected] އަށް ތިރީގައި މިދަންނަވާ މަޢުލޫމާތު މެއިލްކޮށްގެންނެވެ. ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ.
- ވިޔަފާރީގެ ނަން
- ވިޔަފާރި ރަޖިސްޓްރީ ނަންބަރު
- ވެރިފަރާތުގެ ނަން
- ވެރިފަރާތާއި ގުޅޭނެ ނަންބަރު
- އީމެއިލް އެޑްރެސް
އަގު ހުށަހަޅަންވީ ގޮތް:
- އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.
- އަންދާސީ ހިސާބު ހުށަހަޅަންވާނީ މިއިދާރާއިން ދޫކޮށްފައިވާ މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅާ ފޯމްގައެވެ.
- އަންދާސީ ހިސާބު އިވެލުވޭޓް ކުރާއިރު ބެންޗްމާރކްގެ ގޮތުގައި ބަލާނީ ހުށަހަޅާފައި އޮންނަ އެންމެ ކުޑަ އަގެވެ.
- އަންދާސީ ހިސާބު އިވެލުވޭޓް ކުރާއިރު ބެންޗްމާރކުގެ ގޮތުގައި ބަލާނީ ހުށަހަޅާފައި އޮންނަ އެންމެ ކުރު މުއްދަތެވެ.
- އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިއެވެ.
- ސިޓީއުރައިގައި ބަންދުކުރެވިފައިވާ ލިޔެކިޔުން ފިޔަވާ އެހެން ލިޔުމެއް ފަހުން ބަލައެއް ނުގަނެވޭނެއެވެ. އަދި ބަންދުކުރެވިފައިވާ ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.
"ރ. މަޑުއްވަރީ ކައުންސިލްގެ އިދާރާ ކުރެހުމާއި ޢިމާރާތްކުރުން
މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ރ. މަޑުއްވަރި، ދިވެހިރާއްޖެ
ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް:
- ކުންފުނި/އިންވެސްޓްމެންޓްގެ މުއްދަތު ހަމަނުވާ ރަޖިސްޓްރީގެ ކޮޕީ
- ކުންފުނީގެ ޕްރޮފައިލް
- ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ކުރުމުގެ ހުއްދަ
- ތަޖުރިބާގެ ލިޔުންތައް
- އަންދާސީ ހިސާބު ހުށަހަޅާ ފޯމް
- މަސައްކަތު ތާވަލު
މާކްސް ދެވޭގޮތުގެ ތަފްސީލު:
- މާކްސް ދިނުމުގައި ބަލާ މިންގަނޑު ތަކަކަކީ :
- އަގު %85
- މުއްދަތު
- ތަޖުރިބާ %5
- އަންދާސީހިސާބު އިވެލުއޭޓް ކުރާއިރު ތަޖުރިބާގެ ބެންޗްމާރކްގެ ގޮތުގައި ބަލާނީ އެންމެ ގިނަ ލިޔުންތައް ހުށަހަޅާފައިވާ ފަރާތަށެވެ.
- ބިޑް އިވެލުއޭޓް ކުރާނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.
- ބިޑް އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކުރުމަށް ފަހު، ބިޑުތައް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެންގޭނެއެވެ.
އިތުރު މަޢުލޫމާތު
a) މިމަސައްކަތްތައް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މިކައުންސިލްގެ ބިޑް ހުށަހަޅާފޯމް ފުރިހަމަކުރައްވައި 2021 ޑިސެންބަރު 27 ވާ ހޯމަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުޅުވުން އޮންނާނީ، އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހު، އަންދާސީ ހިސާބު ހުށަހަޅުއްވާ ގަޑީގައެވެ.
b) މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. ރާއްޖެއިންބޭރު ކުންފުނިތަކުން "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު"ގައި މި މަރުހަލާގައި ރަޖިސްޓްރީ ވާކަށް ނުޖެހޭނެއެވެ. ނަމަވެސް، ރާއްޖޭން ބޭރު ކުންފުނިތަކުން "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" ގެ 13 ވަނަ މާއްދާގައި ބަޔާންކުރާ ލިޔެކިއުންތައް ބީލަމާއެކު ހުށަހަޅަން ވާނެއެވެ. އަދި "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދާ"އި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީގެ ދަށުން ފުރިހަމަވާންޖެހޭ ކަންކަން ފުރިހަމަވާނެކަން ކަށަވަރުކުރުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
c) މިމަސައްކަތުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 50,000.00 ދިވެހި ރުފިޔާ (ފަންސާސްހާސް(ހުށަހަޅުއްވަންވާނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 100 (ސަތޭކަ) ދުވަހެވެ. މި ބިޑް ސެކިއުރިޓީއަކީ ދިވެހިރާއްޖޭގައި ހިންގާ ބޭންކެއް ނުވަތަ އިންޝުރެންސް ކުންފުންޏެއް ނުވަތަ ފައިނޭސް އިންސްޓިޓިއުޓަކުން މި ޕްރޮޖެކްޓަށް ދޫކޮށްފައިވާ ލިޔުމަކަށް ވާންވާނެއެވެ.
d) މިމަސައްކަތް ކާމިޔާބުކުރައްވާ ފަރާތަށް ބިޑް އެވާޑް ސިޓީ ފޮނުވާ ތާރީޚުން ފެށިގެން 28 (އަށާވީސް) ދުވަހުގެތެރޭގައި، މަސައްކަތުގެ ޕާފޯރމަންސް ގެރެންޓީގެ ގޮތުގައި ކޮންޓްރެކްޓްގެ (ދިހައެއް) އިންސައްތަ ހުށަހަޅުއްވަންވާނެއެވެ.
e) ވިޔަފާރީގެ ވެރިފަރާތް ފިޔަވައި އެހެން ފަރާތެއް ބީލަން ހުށަހެޅުމަށް ވަޑައިގަންނަވާނަމަ ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްކަން އަންގައިދޭ ލިޔުން ގެންނަވަންވާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރުން
މި މަޝްރޫޢާއި ބެހޭގޮތޮން މަޢުލޫމާތު ސާފުކުރުމަށް އީ-މެއިލް ކުރައްވާނީ 2021 ޑިސެންބަރު 26 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައި ދަންނަވާފައިވާ އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.
އީމެއިލް އެޑްރެސް: [email protected]
ކޮޕީ: [email protected]
ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ މި އިދާރާއަށް ސިޓީއަކުން ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ. މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅާފައިނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެއެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.