ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)472/1/2021/86
ޕަބްލިޝްކުރި ތާރީޚް: 15 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 14:45
ސުންގަޑި: 22 ޑިސެންބަރު 2021 23:00
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
ތަމްރީނުގައި ވައިގެ ސަރަހައްދު ބޭނުންކުރާނެ ގޮތުގެ ތަފްސީލް

 

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށް ގެންދާ ނައިޓް ފަޔަރިންގ ތަމްރީނުތަކެއް 2021 ޑިސެންބަރ 20,21, އަދި 22 ވަނަ ދުވަހުގެ  18:30 އިން 22:00 އަށް ކ.ގިރިފުށީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަން މި މިނިސްޓްރީ އަށްވަނީ އަންގަވާފައިވެއެވެ. މި ތަމްރީނުތަކުގެ ތަފްސީލް ތިރީގައި މިވަނީއެވެ.

 

ތަމްރީނުގައި ވައިގެ ސަރަހައްދު ބޭނުންކުރާނެ ގޮތުގެ ތަފްސީލް

1-      ބޭނުންކުރާ ހަތިޔާރު/ ޕައިކޯޓެކްނިކްސް :             އޭކޭ ސީރީޒް ރައިފަލް

2-      ވައިގެ ސަރަހައްދު ބޭނުންކުރޭނެ އެންމެ ދުރުމިން:       3000 މީޓަރު

3-      ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިން:      300  މީޓަރު

4-      ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިން:       ސީ.ލެވެލް

5-      ވައިގެ ސަރަހައްދު ބޭނުންކުރާނެ ޑައިރެކްޝަން:        ކ.ގިރިފުށީގެ ރޭންޖްއިން ހުޅަނގު ދެކުނު

 

ވީމާ، މި ސަރަހައްދުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވައިގެން ދަތުރުފަތުރު ކުރެއްވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އާއްމުކޮށްއަންގާ އިޢުލާންކުރީމެވެ. 

 

            11 ޖުމާދަލް އޫލާ     1443

            15 ޑިސެންބަރު      2021

15 ޑިސެންބަރު 2021