ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)312-MS/312/2021/63
ޕަބްލިޝްކުރި ތާރީޚް: 15 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 14:39
ސުންގަޑި: 30 ޑިސެންބަރު 2021 02:00
މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް އެމް.އެސް 3

                                    ނަންބަރ:  (IUL)312-MS/312/2021/63

އިޢުލާނު 

މަޤާމު:

އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް

މަޤާމުގެ ނަންބަރު:

J-338958

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޑިރެކްޓަރ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލްގެ އިދާރާ / ރ.ކިނޮޅަސް

މުސާރަ:

7035.00 ރުފިޔާ (މަހަކު)

ސަރވިސް އެލަވަންސް:

2000.00 ރުފިޔާ (މަހަކު)

އެހެނިހެން އެލަވަންސް:

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.

2. ދިވެހިރާއްޖެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ.

4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި ލިބިލައްވާ 900.00 ރުފިޔާ (މަހަކު)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. ކައުންސިލް އިދާރާގެ އެންމެހައި އިދާރީ އަދި ފަންނީ މަސައްކަތްތައް ކައުންސިލާއި ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ ލަފަޔާއި އިރުޝާދުގެ މަތިން ރާވާއި، ހިންގައި ބެލެހެއްޓުން.

2. ކައުންސިލް އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބު ދާރީވުން.

3. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލްގެ ލަފަޔާއި އިރުޝާދުގެ މަތިން ރާވައި، ހިންގައި ބެލެހެއްޓުން.

4. ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން ކައުންސިލުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތްތައް ކައުންސިލާއި ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ ލަފަޔާ އިރުޝާދުގެ މަތިން ރާވައި، ހިންގައި ބެލެހެއްޓުން.

5. މިނިސްޓްރީތަކުންނާއި ދައުލަތުގެ ކަމާއިބެހޭ މުއައްސަސާތަކުން އަތޮޅު ނުވަތަ ރަށު ފެންވަރުގައި ފޯރުކޮށްދިނުމަށް ކަނޑައަޅާ ޚިދުމަތްތައް ކައުންސިލް އިދާރާ މެދުވެރިކޮށް ފޯރުކޮށްދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވައި، ހިންގައި ބެލެހެއްޓުން.

6. ތަރައްޤީގެ ޕްލޭންތައް އެކުލަވާލުމުގެ މަސައްކަތްކުރުމާއި، އެފަދަ މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވުމާއި އެކަމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

7. ޤައުމީ ތަރައްޤީގެ ޕްލޭން/ އެކްޝަން ޕްލޭންގެ ދަށުން ސިޓީ، އަތޮޅު ނުވަތަ ރަށުގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުތައް ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވައި، ހިންގައި ބެލެހެއްޓުން. އަދި މަސައްކަތްތައް ކުރިއަށްދާގޮތުގެ ސްޓޭޓަސް ރިޕޯޓް ހަމަޖެހިފައިވާ އުޞޫލުތަކުގެ ތެރެއިން ކަމާއި ބެހޭ ފަރާތްތަކާ ގަވާއިދުން ހިއްސާކުރުމުގެ މަސައްކަތް ހިންގައި ބެލެހެއްޓުން.

8. ސިޓީގެ، އަތޮޅުގެ ނުވަތަ ރަށުގެ ތަރައްޤީއަށްޓަކައި ހިންގުމަށް ރޭވޭ އެކި މަޝްރޫޢުތައް ތަންފީޒުކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ތައްޔާރު ކުރަންޖެހޭ ޕްރޮޕޯސަލްތައް ތައްޔާރުކުރުމަށާއި، އެފަދަ ޕްރޮޕޯސަލްތައް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި، އެހީ ހޯދުމުގެ މަސައްކަތްތައް ޤާނޫނާއި ޤަވާއިދުތަކުގައި ކަނޑައަޅާފައިވާ ހުދޫދުތަކުގެ ތެރެއިން ކުރުން.

9. ކައުންސިލްގެ އިދާރާއިން ބަލަހައްޓަންޖެހޭ ތަފާސް ހިސާބާއި މަޢުލޫމާތު ބެލެހެއްޓުމުގެ މަސައްކަތް ރާވައި، ހިންގައި ބެލެހެއްޓުން.

10. ކައުންސިލުން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށާއި އިދާރާތަކަށް ފޮނުވަންޖެހޭ ޕީރިއަޑިކް ރިޕޯޓުތައް ގަވާއިދުންފޮނުވުމުގެ މަސައްކަތްތައް ރާވައި، ހިންގައި ބެލެހެއްޓުން.

11. ކައުންސިލްގެ ބޭނުމަށް ކުރަންޖެހޭ ދިރާސާތައް ކުރުމާއި ރިޕޯޓުތައް އެކުލަވާލުމާ ބެހޭ މަސައްކަތްތައް ރާވައި، ހިންގައި ބެލެހެއްޓުން.

12. ކައުންސިލްގެ އިދާރާގެ މުވައްޒަފުންގެ މަސައްކަތްތައް މޮނިޓަރކުރުމާއި، މުވައްޒަފުންނަށް ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުމާއި، މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ރަނގަޅު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި އަދި މުވައްޒަފުންނަށް ފަހި، އަމާން އަދި ރައްކާތެރި މަސައްކަތުގެ މާހައުލެއް ޤާއިމުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވާއި، ހިންގާ ބެލެހެއްޓުން.

13. ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދުތަކާއި އުޞޫލްތަކުގެ ދަށުން ކައުންސިލް އިދާރާގައި މަސައްކަތްކުރާ މުވައްޒަފުންނާއި ގުޅޭ ކަންކަން ބެލެހެއްޓުމުގައި ސެކްރެޓަރީ ޖެނެރަލްއަށް އެހީތެރިވެ ދިނުން.

14. ކައުންސިލްގެ ބަޖެޓާއި ބެހޭ ކަންކަމާއި ފައިސާގެ މުއާމަލާތްތައް ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ހިންގުން، އަދި ކައުންސިލްގެ އިދާރާގެ އެހެން މުވައްޒަފުންވެސް އެގޮތަށް ޢަމަލުކުރޭތޯ ކަށަވަރު ކުރުން.

15. ކައުންސިލްގެ އިދާރާއިން ފޯރުކޮށްދޭ ޚިދުމަތްތަކާއި ގުޅޭ އަދި އިދާރާގެ އެތެރޭގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ތައްޔާރުކުރަންޖެހޭ ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރތަކާއި އުޞޫލުތަކާއި މިންގަނޑުތައް އެކުލަވާލުމާއި ތަންފީޒުކުރުމުގެ މަސައްކަތް ރާވައި، ހިންގައި ބެލެހެއްޓުން.

16. ކައުންސިލްގެ އިދާރާގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، އަވަސް ޚިދުމަތްދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވައި، ހިންގައި ބެލެހެއްޓުން.

17. ކައުންސިލާއި ސެކްރެޓަރީ ޖެނެރަލްގެ އިރުޝާދުގެ މަތިން ސިޓީ، އަތޮޅު ނުވަތަ ރަށުގައި ހުންނަ ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ އިދާރާތަކަށް ބޭނުންވާ އެއްބާރުލުން ދިނުމާއި އެހީތެރިކަން ފޯރުކޮށް ދިނުން.

މަޤާމުގެ ޝަރުޠުތައް:

1. މަޤާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން  ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

ނުވަތަ،

2. މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓްގެ ދާއިރާއެއްގައި 2 އަހަރު ދުވަހު މަސައްކަތްކޮށް ތަޖްރިބާ ލިބިފައިވުން.

ނުވަތަ،

3. މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓްގެ ދާއިރާއެއްގައި 4 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

އެކައުންޓިންގ، އެޑްމިނިސްޓްރޭޝަން، އެގްރިކަލްޗަރަލް ސައިންސް، އެންތްރޯޕޮލޮޖީ، އާކިޓެކްޗަރ، ބިޒްނަސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ސިވިލް އިންޖިނިއަރިންގ، ކޮމާސް، ކޮމިޔުނިޓީ ޑިވެލޮޕްމަންޓް، ކޮމްޕިއުޓަރ ސައިންސް، ކައުންސިލް އެޑްމިނިސްޓްރޭޝަން، ކަލްޗަރ އެންޑް ހެރިޓޭޖް، ޑިމޮގްރަފީ، ޑިވެލޮޕްމަންޓް ސްޓަޑީޒް، އިކޮނޮމިކްސް، އެންވަޔަރަންމެންޓަލް ސައިންސް، ފައިނޭންސް، ގަވަރނަންސް، ގަވަރނަންސް އެންޑް ޑިވެލޮޕްމަންޓް، ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް، ހިއުމަން ރިސޯސް، އިންފޮމޭޝަނަލް ރިލޭޝަންސް، ލޯ، ލީޑަރޝިޕް، ލައިބްރަރީ ސައިންސް، ލޯކަލް ގަވަރނަންސް، މެނޭޖްމަންޓް، މެރިން ސައިންސް، މާކެޓީންގ، އޮފީސް އެޑްމިނިސްޓްރޭޝަން، ޕޮލިސީ ސްޓަޑީޒް، ޕޮލިޓިކަލް ސައިންސް، ޕްރޮޖެކްޓު މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ޕަބްލިކް މެނޭޖްމަންޓް، ޕަބްލިކް ޕޮލިސީ، ޕަބްލިކް ރިލޭޝަންސް، ޝަރީޢާ އެންޑް ލޯ، ސޯޝަލް ސައިންސް، ސޯޝަލް ވޯރކް، ސޯޝިއޮލޮޖީ، ސްޕޯޓްސް މެނޭޖްމަންޓް، ސްޓެޓިސްޓިކްސް، ސްޓްރަކްޗަރަލް އިންޖިނިއަރިންގ، ސަސްޓެއިންބްލް ޑިވެލޮޕްމަންޓް، އަރބަން ޕްލޭނިންގ، އާބަން ސްޓަޑީޒް

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް

އެޑްމިނިސްޓްރޭޝަން

މެނޭޖްމެންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)http://www.csc.gov.mv/dv/downloads/15151
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)މޯލްޑިވްސްކޮލިފިކޭޝަންސްއޮތޯރިޓީއިންލެވަލްކަނޑައަޅައިތައްގަނޑުޖަހާފައިވާ، މަތީތަޢުލީމުދޭރާއްޖެއިންބޭރުގެ މަރުކަޒަކުންދޫކޮށްފައިވާތަޢުލީމީސެޓުފިކެޓުތަކުގެ ކޮޕީއާއިޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓުނެތްޙާލަތްތަކުގައި، ކޯސްފުރިހަމަކުރިކަމުގެލިޔުމުގެ ކޮޕީއާއި،މޯލްޑިވްސްކޮލިފިކޭޝަންސްއޮތޯރިޓީންދޫކޮށްފައިވާއެސެސްމަންޓްރިޕޯޓްގެކޮޕީއަދިޓްރާންސްކްރިޕްޓްގެކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމައަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން(މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއްއިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ދާއިރާ

އިންސައްތަ (%)

 

އަސާސީ ޝަރުތު ހަމަވުން

30

އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ޕްރިފަރޑް ޑިސިޕްލިންގެ ސެޓްފިކެޓް (މަޤާމުގެ މަސައްކަތާއިގުޅޭ ތަޢުލީމީ ރޮނގުތަކުގެ ސަނަދެއް)

5

އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޖްރިބާ

5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

15

ޕްރެޒެންޓޭޝަން

10

އިންޓަރވިއު

30

ޖުމްލަ

100

    

ނޯޓް:މަޤާމަށް އައްޔަން ކުރެވޭނީ ވަޒީފާއަށް ހޮވިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ 60 އިންސައްތަ އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާނަމައެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2021 ޑިސެންބަރ 30 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ރ.ކިނޮޅަސް ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އިމްތިޙާނު އަދި ޕްރެޒެންޓޭޝަން ހުށަހެޅުން އޮންނާނީ 2022 ޖެނުއަރީ 02 އާ 2022 ޖެނުއަރީ 12 އާ ދެމެދުއެވެ. އިމްތިހާނު އޮންނާނީ ރ.ކިނޮޅަހު ކައުންސިލް އިދާރާގައެވެ. އިންޓަރވިއު އަދި ޕްރެޒެންޓޭޝަން ކުރިއަށް ގެންދެވޭނީ ރ.ކިނޮޅަހު ކައުންސިލްގެ އިދާރާގައި ނުވަތަ " ވީޑިއޯ ކޮންފަރެންސް " މެދުވެރިކޮށެވެ. ވުމާއެކު، އެމުއްދަތުގައި އިންޓަރވިއުއަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ފޭސްބުކް ޕޭޖްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580073 އަށެވެ. އީ-މެއިލް ކުރާނީ  [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

 

11 ޖުމާދަލްއޫލާ 1443

15 ޑިސެންބަރު 2021

15 ޑިސެންބަރު 2021