މަސައްކަތް
ނަންބަރު: L6MC-D/2021/07
ޕަބްލިޝްކުރި ތާރީޚް: 15 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 13:59
ސުންގަޑި: 27 ޑިސެންބަރު 2021 10:30
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ފ.ނިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ ޢިމާރާތުގެ ހުޅަނގު، އިރު އަދި ދެކުނު ފަރާތު ފުރާޅުގެ ނަލަފިލާ ބަދަލުކުރުމުގެ މަސައްކަތާއި، ކޯޓު ޢިމާރާތުގެ ދެކުނު ފަރާތުގެ ދިޔަދޮވި ބަދަލުކުރުމުގެ މަސައްކަތް

މިކޯޓުގެ ނަންބަރު: L6MC-D/2021/06 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށް މިކޯޓަށް ޙާޟިރުވެފައިނުވާތީ، އެ އިޢުލާނު ބާޠިލްކޮށް އެ މަސައްކަތްތައް ކޮށްދޭނޭ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.

1-      މި ކޯޓު ޢިމާރާތުގެ ހުޅަނގު، އިރު އަދި ދެކުނު ފަރާތު ފުރާޅުގެ ނަލަފިލާ ބަދަލުކުރުމުގެ މަސައްކަތް

2-      ކޯޓު ޢިމާރާތުގެ ދެކުނު ފަރާތުގެ ދިޔަދޮވި ބަދަލުކުރުމުގެ މަސައްކަތް

ވީމާ، މިމަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2021 ޑިސެންބަރު 16 ވަނަ ދުވަހުން ފެށިގެން 2021 ޑިސެންބަރު 21 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އާއި މެންދުރުފަހު 01:00 އާ ދޭތެރޭ މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2021 ޑިސެންބަރު 27 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިކޯޓަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ބޭފުޅުންގެ އަންދާސީ ހިސާބުތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް އަދި މަޢުލޫމާތު ފުރިހަމަނުކުރައްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ ހަމައެކަނި ކުންފުނި (ޕާރޓްނާޝިޕް) ތަކަށާއި، އިންވެސްޓްމަންޓްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

15 ޑިސެންބަރު 2021