ދެންނެވުން
ނަންބަރު: (IUL)384-A/2021/72
ޕަބްލިޝްކުރި ތާރީޚް: 15 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 13:26
ސުންގަޑި: 22 ޑިސެންބަރު 2021 13:00
ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަންޑާރަ ގޯއްޗަށް އެދިފައިވާ ފަރާތްތަކަށް ރަށުގައި ދާއިމީކޮށް ދިރުއުޅޭކަމުގެ ލިޔުން ދޫކުރުމާއި ގުޅޭ.

2021 ޖޫން 28 ވަނަ ދުވަހު ޢާއްމު ކުރެވުނު މި އިދާރާގެ (ނަންބަރު: IUL)384-A/2021/31)) އިޢުލާނާއި ގުޅިގެން، ރަށުގައި ދާއިމީކޮށް ދިރިއުޅޭކަމުގެ ލިޔުން ހޯދުމަށް އެދި މި އިދާރާއަށް ސިޓީ ހުށައަޅާފައިވާ ފަރާތްތަކުގެ ތެރެއިން، މިހާތަނަށް ލިޔުން ދޫކުރެވިފައި ނުވާ ފަރާތްތަކަށް ލިޔުން ދޫކުރުން، 2021 ޑިސެންބަރު 16 އިން 2021 ޑިސެންބަރު 22 އަށް މި އިދާރާގައި ކުރިޔަށްދާނެއެވެ.

ވީމާ ރަށުގައި ދާއިމީކޮށް ދިރިއުޅޭކަމުގެ ލިޔުން ހޯދުމަށް ސިޓީ ހުށައަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ކައުންސިލުން ލިޔުން ދޫކުރެވިފައިނުވާ ފަރާތްތަކުން، ދެންނެވިފައިވާ މުއްދަތުގެ ތެރޭގައި މި އިދާރާއަށް ދުރުވެ ލިޔުން ނަންނަގަވައި، މި އިދާރާއަށް ހުށައެޅުއްވުން އެދެމެވެ. އަދި ލިޔުން ދޫކުރެވޭނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 9:00 އިން 13:00 އާއިދެމެދު ކަމުގައި ދަންނަވަމެވެ. މި ލިޔުމަކީ ފޯމާއިއެކު ހުށައަޅަންޖެހޭ މުހިންމު ލިޔުމަކަށްވުމާއިއެކު ދެންނެވިފައިވާ މުއްދަތުގައި ލިޔުން ނަންގަވައި، ކައުންސިލަށް ހުށައެޅުނުކަން ޔަޤީންކުރެއްވުން އެދެމެވެ. އަދި އެ މުއްދަތުގެ ފަހުން މިކަމާއިގުޅޭ އެއްވެސް ލިޔުމެއް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

15 ޑިސެންބަރު 2021