ވަޒީފާގެ ފުރުޞަތު
ނަންބަރު: AFC/HR/2021/08
ޕަބްލިޝްކުރި ތާރީޚް: 14 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 22:10
ސުންގަޑި: 21 ޑިސެންބަރު 2021 14:30
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ޓެލީ ކުލަރކް

ނަމްބަރ: 08/AFC/HR/2021

 

ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއެވެ.

މަޤާމު

 ޓެލީ ކުލަރކް

ބޭނުންވާ ޢަދަދު

 1 (އެކެއް)

ވަޒީފާގެ ބާވަތް

 ކޮންޓްރެކްޓް (01 އަހަރު)

ވަޒީފާ އަދާކުރަންޖެހޭ ތަން:

 އެފް.ޕީ.އެލްޑީ- ޖެޓީ / އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް / ސ.ހުޅުމީދޫ

މުސާރަ:

4960.00  ( ހަތަރުހާސް ނުވަސަތޭކަ ފަސްދޮޅަސް )

އިތުރު ޢިނާޔަތްތައް:

އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ ފައިސާ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ. 

ކޮއްތުފައިސާގެ ގޮތުގައި ދުވާލަކަށް -/60 ރުފިޔާ ދެވޭނެއެވެ.         

 

ޝަރުޠު:

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިހާނަކުން 02 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައި ވުމާއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި ދިވެހިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން. އަދި މަޤާމާއި ގުޅޭ ދާއިރާއެއްގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރެވޭ މީހެއް ކަމުގައި ވުން.
  •  ކޮމްޕިއުޓަރުން އަހުލުވެރިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

  • އައްޑޫ ފިޝަރީޒް އަށް މަސްކިރިުވުމަށް  އަންނަ ދޯނިފަހަރާއި ، މަސް އަންލޯޑް ކުރުމަށް އަންނަ ބޯޓްފަހަރުގެ މަސްކިރުން.
  • ޑެއިލީ ލޭންޑިންގ މަސްރިޕޯޓް ދުވަހުން ދުވަހަށް އަޕްޑޭޓްކުރުމަށްފަހު ހަވާލުކުރަންޖެހޭ ފަރާތްތަކާއި ހަވާލްކުރުން.
  • ޑެއިލީ، ވީކްލީ، އަދި މަންތްލީ ރިޕޯޓްތައް ކަޑައެޅިފައިވާ ތާރީޚަށް ނިންމައި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  • ބީބީޓީ ފޯމް ފުރުމާއި، ޑެއިލީ ކޯލްޑްސްޓޯރ ކްލީނިން ފޯމް ފުރުމަށްފަހު ހަަވާލުކުރަންޖެހޭ ފަރާތްތަކާ ޙަވާލުކުރުން.
  • މަސްކިރަން ފެއްޓުމުގެ ކުރިން ކައްޓާ ޗެކްކޮށް ހަމަތޯ ބެލުން
  • ސެކްޝަން/ޑިޕާރޓްމެންޓްގެ މުވައްޒަފަކަ ޗުއްޓީއަށް ދިޔުމަށްޓަކައި އެމުވައްޒަފު ކުރަމުން އަންނަ މަސައްކަތެއް ނުވަތަ ވަކި މަސައްކަތްތަކެއް ކުރުމަށް ޑިޕާރޓްމެންޓް ހެޑް ހަވާލުކޮށްފިނަމަ، އެމަސައްކަތެއް ކުރުން.
  • ކުންފުނިން ރަވާހިންގާ އެކިއެކި ހަރަކާތްތަކުގައި ބައިވެރިވުމަށް މެނޭޖުމެންޓުން އެދިއްޖެ ހާލަތެއްގައި އެހީތެރިކަން ފޯރުކޮށްދިނުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

ހ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ށ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

އިންޓަރވިއު ކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އިންޓަވިއު އޮންނާނީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އޮފީހުގައެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ (އެކްރެޑިޓް ކުރެވިފައިވާ އަދި އަޞްލާއި އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ) ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯން ނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

ބ- ޕޮލިސްރިޕޯޓް (ވަޒީފާއަށް ހޮވުނުކަން އެންގުމުން).

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

  • ވަޒީފާއަށް އެދި ހުށަހަޅުއްވާނީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އޮފީސް ރިސެޕްޝަން އަށް ނުވަތަ
  • އީމެއިލް ކުރައްވާނީ     [email protected] / [email protected]
  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑިއަކީ 21 ޑިސެމްބަރ 2021 ވަނަ ދުވަހުގެ މެންދުރު 14:30 އެވެ.
  • މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ސިޓީތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ސިޓީތައް ބާތިލްކުރެވޭނެއެވެ.

ނޯޓް: މި އިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. އަދި މިމަޤާމަށް ހޮވޭ ފަރާތަށް މަސައްކަތާއި ގުޅުންހުރި މަޢުލޫމާތާއި ޓްރެއިނިންގ އަދި  އޮރިއެންޓޭޝަން ދިނުން އޮންނާނީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް، ސ. ހުޅުމީދޫގައެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7787186 ފޯނަށް ގުޅުއްވުން އެދެމެވެ.

14 ޑިސެންބަރު 2021