ދިވެހިރާއްޖެ
މި އިޢުލާންވަނީ 14 ޑިސެންބަރު 2021 18:56 ގައި ބާތިލް ކުރެވިފައެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސެންޓަރ ފޯ މެރިޓައިމް ސްޓަޑީޒް ގެ އާންމުމަރާމާތު ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސެންޓަރ ފޯ މެރިޓައިމް ސްޓަޑީޒް ގެ އާންމުމަރާމާތު ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
އެމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބީލަން ހުށައެޅުމަށް ފުރުސަތު ހުޅުވާލަމެވެ.
މަސައްކަތާ ގުޅޭ މަޢުލޫމާތު ދިނުން.
މި މަސައްކަތާ ގުޅޭގޮތުން މަޢުލޫމާތު ދިނުން އޮންނާނީ 19 ޑިސެންބަރ 2021 ވާ ދުވަހުގެ މެންދުރުފަހު 09:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ / ފެކަލްޓީ އޮފް ހެލްތް ސައިންސަސް،ހަނދުވަރީ ހިނގުން،މާލޭގައެވެ.
ބީލަން ބަލައިގަތުން
ބީލަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ 22 ޑިސެންބަރ 2021 ވާ ދުވަހު 09:00 ގައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ/ ފެކަލްޓީ އޮފް ހެލްތް ސައިންސަސް،ހަނދުވަރީ ހިނގުން،މާލޭގައެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.
ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ ވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ ވެލިޑިޓީގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް ކަމުގައިވާންވާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރުން
މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، ގުޅުއްވާނީ.
- 3345192 ،3345134
އީ-މެއިލް ކުރައްވާނީ ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލް ކުރައްވާއިރު ، އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.
- އީމެއިލް އެޑްރެސް [email protected] :
ނޯޓް:
ބީލަމާއެކު ހުށަހަޅާ އަގުބަޔާންކުރާ ޝީޓު ނުވަތަ ކޯޓޭޝަންގައި ބީލަންހުށަހަޅާ ފަރާތުގެ ސޮޔާއި ކުންފުންޏެއްނަމަ، ކުންފުނީގެ ތައްގަނޑުޖަހާފައި އޮންނަވާނެއެވެ. މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ޔުނިވަރސިޓީ އަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މި ޔުނިވަރސިޓީ އަށް ލިބިގެންވެއެވެ.