ދިވެހިރާއްޖެ
(IUL)337-C-AA/337/2021/75ނަމްބަރ
އިޢުލާން
ކައުންސިލުން ކުއްޔަށް ދޫކުރުމަށް އިޢުލާނުކުރެވިފައިވާ ގާޑިޔާތަކަށް ކުރިމަތިލީ ފަރާތްތަކުގެ މެދުގައި ގުރުނެގުން.
މިއިދާރާގެ ނަމްބަރ: (IUL)337-C-AA/337/2021/69 (05 ޑިސެންބަރު 2021) (ރަށުގެ އަތިރިމައްޗާއި، ހުސްބިންތަކުގައި "ގާޑިޔާ" ވިޔަފާރި ކުރުމާއި އެފަދަ ޚިދުމަތްތަކުން ފީ ނެގުމާއިގުޅޭ އުސޫލުއާއި އެއްގޮތަށް ގާޑިޔާ ބިންތަކަށް އެދި ކުރިމަތިލުމުގެ ފުރުސަތު) މި ސުރުހީގެދަށުން ކުރެވިފައިވާ އިޢުލާނާއި ގުޅިގެން ގާޑިޔާތަކަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ މެދުގައި 16 ޑިސެންބަރު 2021 ވާ ބުރާސްފަތި ދުވަހުގެރޭ 20:30 ގައި ތިރީގައި މިދަންނަވާ ގޮތުގެމަތިން ގުރުނެގުން "މާފުށި ޔޫތް ސެންޓަރ" ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
- ގުރުނެގުން އޮންނާނީ ގާޑިޔާއަށް ކުރިމަތިލީ ފަރާތްތަށް އެކަނިކަމަށާއި، ބަދަލުގައި އެއްވެސް ބޭފުޅަކު ހަމަނުޖެއްސޭނެކަމަށް ދަންނަވަން. އަދި އެއްވެސް ސަބަބަކާއި ހުރެ ގުރުނެގުމަށް ހާޟިރުނުވެއްޖެނަމަ ގުރުގައި އެފަރާތައް ބައިވެރިއެއް ނުވެވޭނެއެވެ.
- ގުރުނަގަމުން ގެންދާނީ ކޮންމެ ގާޑިޔާއެއްވެސް ވަކިން ގާޑިޔާ އަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ޙާޟިރުވި ފަރާތްތަކުގެ ނަން ލިޔެފައިވާ ކަރުދާސްތައް އެކަމަށް ޙާއްސަ ކުރެވިފައިވާ އެއްޗަކަށް އެޅުމަށްފަހު ނެގޭ އެއްގަނޑު ކޮޅުންނެވެ. އަދި އެއީ ގުރުން ހޮވުނު ފަރާތްކަމަށް ބަލައި އެ ގުރު ނިމިގެންދާނެއެވެ.
- ގުރުން ހޮވެމުންދާ ވަރަކަށް، އެފަރާތްތަކަށް އިތުރު ގުރެއްގައި ބައިވެރިއެއް ނުވެވޭނެއެވެ.
- ގުރުގައި ބައިވެރިވުމަށް ވަޑައިގަންނަވާއިރު އައިޑީ ކާޑް، ޕާސްޕޯރޓް، ލައިސަންސް ކާޑް ފަދަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންނަވަން ވާނެއެވެ.
- ގާޑިޔާގެ ގުރުން ހޮވެ ނަން އިޢުލާންކުރާވަގުތު އެތަނުގައި ނެތްނަމަ އެއީ ހާޟިރުނުވާ ފަރާތްތެއްކަމަށްބަލައި، އެހެން ފަރާތަކަށް އެ ފުރުޞަތު ދިނުމުގެ ގޮތުން އައު ގުރެއް ނެގިގެންދާނެއެވެ.
ވީމާ، މަތީގައި ދެންނެވިފައިވާ ގަޑިޔަށް ގާޑިޔާއަށް ކުރިމަތިލާފައިވާ ފަރާތްތަކުން "މާފުށި ޔޫތް ސެންޓަރ"އަށް ވަޑައިގެންދެއްވުން އެދެމެވެ.
10 ޖުމާލައްއޫލާ 1443
14 ޑިސެންބަރު 2021