ދިވެހިރާއްޖެ
ިނިސްޓްރީ އޮފް އެޑިޔުކޭޝަން
މާލެ، ދިވެހިރާއްޖެ
އިޢުލާން ނަންބަރު: (IUL)22-F/22/2021/361
ނީލަމާއިބެހޭ މަޢުލޫމާތު
މިއިދާރާގައި ހުރި ތިރީގައި މިދަންނަވާ ތަކެތި ނީލަންކިޔަން ބޭނުންވެއެވެ. ނީލަންކިޔުން އޮންނާނީ 28 ޑިސެމްބަރ 2021 ވީ އަންގާރަ ދުވަހު މެންދުރު 14:30 ގައި ވެލާނާގެ 9 ވަނަ ފްލޯ ގައެވެ.
ނީލަމުގައި ނަގާ ތަކެތި ފައިސާ ދެއްކުމަށް ހަމަޖެހިފައިވަނީ ބަނޑޭރި ޕޯޓަލް މެދުވެރިކޮށްގެންނެވެ. ނީލަންކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ ތަފްސީލް ތިރީގައި އެވަނީއެވެ.
ކޯޑް |
މުދާ |
ރޭޓް |
އަދަދު |
ނީލަންކިޔަން ފެށޭނެ އަގު |
ނީލަމުގެ އަގަށް އިތުރުކުރެވޭނެ އެންމެ ކުޑަ އަގު |
MoE001 |
އޮފީސް ގޮނޑި (ހައިބެކް) |
00.200ރ |
02 |
ރ 400.00 |
30.00ރ |
MoE002 |
އޮފީސް ގޮނޑި (މީޑިއަމް) |
150.00ރ |
01 |
150.00ރ |
20.00ރ |
MoE003 |
އޮފީސް ގޮނޑި (ލޯބެކް) |
150.00ރ |
02 |
300.00ރ |
20.00ރ |
MoE004 |
އެގްޒެކެޓިވް ގޮނޑި |
300.00ރ |
01 |
300.00ރ |
30.00ރ |
MoE005 |
މޮނިޓަރ |
50.00ރ |
02 |
100.00ރ |
10.00ރ |
MoE006 |
ޑައިނިންގް ޗެއަރ |
50.00ރ |
04 |
200.00ރ |
10.00ރ |
MoE007 |
ފައިލިންގ ޝެލްފް |
500.00ރ |
01 |
500.00ރ |
50.00ރ |
MoE008 |
ފައިލިންގ ކަބަޑު |
300.00ރ |
01 |
300.00ރ |
50.00ރ |
MoE009 |
ފޮޓޯކޮޕީ މެޝިން |
1000.00ރ |
01 |
1000.00ރ |
100.00ރ |
MoE010 |
ޕްރިންޓަރ (އެޗް.ޕީ) |
200.00ރ |
02 |
400.00ރ |
30.00ރ |
MoE011 |
ވޯޓަރ ޑިސްޕެންސަރ |
300.00ރ |
01 |
300.00ރ |
50.00ރ |
ނީލަންކިޔުމުގެ އުސޫލު
- ނީލަން ކިޔާ ތަކެތި ބައިބަޔަށް (ލޮޓު) ބެހުމަށްފަހު، ކޮންމެ ލޮޓަކަށް ނީލަން ނަންބަރެއް ދެވިފައި ހުންނާނެއެވެ. އަދި ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް، ނީލަން ނަންބަރު ފެންނާނެހެން،
ކޮންމެ ލޮޓެއްގައި ހުންނާނެއެވެ.
- ނީލަމެއް ކުރިއަށް ގެންދާނީ މަދުވެގެން 3 ބައިވެރިންގެ ހާޒިރުގައެވެ. ނަމަވެސް ތިން ބައިވެރިން ހަމަ ނުވާނަމަ، ދެވަނަ ފަހަރަށް އިޢުލާނުކޮށް، 2 ނުވަތަ 1 ބައިވެރިންގެ ހާޒިރުގައި،
ކަނޑައަޅާފައިވާ ގަޑީގައި ނީލަން ކުރިއަށް ގެންދެވޭނެއެވެ.
- ނީލަމުގައި ހުށަހަޅާ އަގުތައް، ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް ހިނދުން ހިނދަށް އެންގޭނެއެވެ. ނީލަމުގެ ބައިވެރިޔަކު އަގެއް ހުށަހަޅައި، އެއަގަށްވުރެ މަތީއަގެއް ހުށަހެޅުމުގެ ފުރުސަތު
3 ފަހަރު ދިނުމުންވެސް، އިތުރު އަގެއް ނީލަމުގައި ބައިވެރިވެފައިވާ އެހެން ފަރާތަކުން ހުށަނާޅައިފިނަމަ، އެ އަގު ހުށަހެޅި ފަރާތުން އެ ނީލަން ކާމިޔާބު ކުރީކަމުގައި ނިންމޭނެއެވެ.
- ނީލަން ނިމުނުގޮތް، ނީލަމުގައި ބައިވެރިވި ފަރާތްތަކުގެ ހާޒިރުގައި އިޢުލާނުކޮށް، ނީލަން ކާމިޔާބުކުރި ފަރާތަށް، "ނީލަން ކާމިޔާބުކުރިކަން އަންގާ ލިޔުން" ހަވާލުކުރެވޭނެއެވެ.
ނީލަން ކާމިޔާބުކުރި ފަރާތުން، ނީލަން ކާމިޔާބުކުރި އަގު، ނީލަން ނިމޭ ދުވަހުން ފެށިގެން، ސަރުކާރު ބަންދުނޫން 3 ދުވަހުގެ ތެރޭގައި މި މިނިސްޓްރީއަށް ދައްކައި ޚަލާޞްކުރަންވާނެއެވެ.
އަދި ނީލަން ކާމިޔާބުކުރި ފަރާތަށް މުދާ ހަވާލުކުރެވޭނީ ނީލަމުގެ އަގު ދެއްކުމަށްފަހުގައެވެ. ނީލަން ކާމިޔާބުކުރި ފަރާތަށް އެ މުދަލުގެ މިލްކުވެރިކަން ބަދަލުވާނީ ނީލަމުގެ އަގު ދައްކައި
ޚަލާޞްކުރުމުންނެވެ. ނީލަން ކާމިޔާބުކުރި ފަރާތުން އެ މުއްދަތުގެ ތެރޭގައި ފައިސާ ދައްކައި ޚަލާޞްނުކޮށްފިނަމަ، އެ މުދަލެއް އަލުން ނީލަންކިޔުމަށް އިއުލާނުކުރެވޭނެއެވެ.
ނޯޓް: އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 334 1178 އަށް ގުޅުއްވުމަށް އެދެމެވެ.
14 ޑިސެމްބަރ 2021