ދިވެހިރާއްޖެ
ނަމްބަރ: (IUL)297-SM/297/2021/111
އިޢުލާން
ނ.ވެލިދޫ އިން ބަންޑާރަ ގޯއްޗަށް އެދި ހުށައެޅި ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާއިގުޅޭ
ނ.ވެލިދޫއިން ދިރިއުޅުމަށްޓަކައި ގޯތި ދޫކުރުމަށް ކުރެވުނު މިއިދާރާގެ ނަންބަރ (IUL)297 /297/2021/05 (01 ފެބުރުއަރީ 2021) އިޢުލާނާއި ގުޅިގެން ''ނ.ވެލިދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯއްޗަށް އެދޭ ފޯމް'' ހުށަހެޅި ފަރާތްތަކުގެ ތެރެއިން ''ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ޤަވާއިދު'' ގެ 16 ވަނަ މާއްދާގެ ދަށުން އެކުލަވާލެވުނު ގޯތި ކޮމެޓީން އެފަރާތްތަކަށް ޕޮއިންޓް ދީފައިވާ ގޮތުގެ ވަގުތީ ލިސްޓް މިއިޢުލާނާއިއެކު އާންމު ކުރީމެވެ.
ވީމާ، މިދެންނެވި ވަގުތީ ލިސްޓުގައި ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާއިމެދު އެއްވެސް ފަރާތަކުން ޝަކުވާއެއް ހުށަހަޅަން ބޭނުންނަމަ އެކަން ބަޔާންކޮށް 2021 ޑިސެމްބަރު 19 ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އެ ޝަކުވާއެއް ބަޔާންކޮށް މިއިދާރާއަށް ސިޓީއިން ނުވަތަ ޝަކުވާ ހުށަހަޅާ ފޯމު މެދުވެރިކޮށް ހުށައެޅުއްވުން އެދެމެވެ.
ޝަކުވާ ހުށަހެޅުމުގެ މުއްދަތުގެ ތެރޭގައި ހުށަހެޅޭ ޝަކުވާއާ ގުޅިގެން ޕޮއިންޓް ޝީޓަށް އަންނަ ބަދަލާ އެކު ދާއިމީ ލިސްޓް ޢާންމު ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
10 ޖޫމާދަލްޢޫލާ 1443
14 ޑިސެންބަރު 2021