މަސައްކަތް
ނަންބަރު: (IUL)285-D/285/2021/65
ޕަބްލިޝްކުރި ތާރީޚް: 14 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 13:56
ސުންގަޑި: 19 ޑިސެންބަރު 2021 14:00
މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހެނބަދޫ ކައުންސިލްގެ ބެލުމުގެދަށުގައި ހުރި ބައެއް ތަންތަނަށް ކަރަންޓް ކޭބަލް އެޅުމަށް ކޯރު ކޮނުމާއިބެހޭ.

 

 

އިޢުލާން

ހެނބަދޫ ކައުންސިލްގެ ބެލުމުގެދަށުގައި ހުރި ބައެއް ތަންތަނަށް ކަރަންޓް ކޭބަލް އެޅުމަށް ކޯރު ކޮނުމާއިބެހޭ.

                 ހެނބަދޫ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި މަސްޖިދުލް އައްވާބީ އާއި މަސްޖިދުލް ނޫރު އާއި ހިނަވާގެ އަދި ރަނިކަނބާ ރެސްޓޯރެންޓަށް ކަރަންޓް ކޭބަލް އެޅުމަށް ކޯރު ކޮނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 19 ޑިސެމްބަރ 2021 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 20 ޑިސެމްބަރ 2021ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00ށް މި އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

            މަޢުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކަށް މި އިޢުލާނާގުޅިގެން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެއީ ބަދަލުގައި ފޮނުއްވާފައިވާ ފަރާތެއްކަން އެނގޭނެ ލިޔުމަކާއިއެކު ފޮނުއްވުމަށްވެސް ދަންނަވަމެވެ. އަދި  މި އިޢުލާނާގުޅިގެން އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ވިޔަފާރި ރެޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014)ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ރެޖިސްޓްރީގެ ކޮޕީއެއް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 19/2014)ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ރެޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.

                      މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                               10 ޖުމާދަލްއޫލާ 2021

                               14 ޑިސެމްބަރ 2021

                                       

 

                                                              ޙުސައިން އަބޫބަކުރު

                                                          ހެނބަދޫ ކައުންސިލްގެ  ރައީސް

 

14 ޑިސެންބަރު 2021