މަސައްކަތް
ނަންބަރު: (IUL)346/346/2021/64
ޕަބްލިޝްކުރި ތާރީޚް: 14 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 13:18
ސުންގަޑި: 21 ޖޫން 2021 13:00
އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިމަންދޫ ކައުންސިލް އިދާރާގެ ބޭރާއި މަގުފާރުގައި ކުލަ ލުމާއި ގުޅޭ

ހިމަންދޫ ކައުންސިލް އިދާރާގެ ބޭރާއި މަގުފާރު ސާފުކޮށް ކުލަލާނެ ބަޔަކު ބޭނުންވެއްޖެ

އިޢުލާން

 

 

މި އިދާރާއިންދޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ބްރޭންޑް ތަކުގެ ކުލަ ހިމަންދޫ ކައުންސިލް އިދާރާގެ ބޭރާއި މަގުފާރުގައި ކުލަ ލައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ޝައުޤްވެރިވާ ފަރާތްތަކުން، 2021ޑިސެމްބަރ 16 ވާ ބްރާސްފަތި ދުވަހުގެ 14:00ގެ ކުރިން، [email protected] އަށް މެއިލްކުރައްވައި، ނުވަތަ 9880254 ނަންބަރު ފޯނާ ގުޅުއްވައި ނަންނޯޓްކުރެއްވުން އެދެމެވެ. މަޢުލޫމާތު ޝީޓް މި އިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

މަޢުލޫމާތު ސާފުކުރުން

މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، 2021ޑިސެމްބަރ 16 ވާ ބްރާސްފަތި ދުވަހުގެ 11:00ގައި މި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

އަންދާސީ ހިސާބު ހުށަހެޅުން

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2021ޑިސެމްބަރ 21ވާ އަންގާރަ ދުވަހުގެ 13:00 ގައެވެ.  އަންދާސީ ހިސާބު ހުޅުވުން އޮންނާނީ، 20212021ޑިސެމްބަރ 21ވާ އަންގާރަ ދުވަހުގެ 13:05ގައި ، މި އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ، ބަންދުކުރެވިފައިވާ ސިޓީއުރައެއްގަ " ހިމަންދޫ ކައުންސިލް އިދާރާގެ މަގުފާރާއި އިމާރާތުގެ ބޭރުގައި ކުލަލުމާއި ގުޅޭ " މިހެން ލިޔެފައެވެ. ގަޑި ޖެހުމުގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތަކާއި ބިޑް ރެޖިސްޓަރ ނުކުރާ ފަރާތްތަކާއި، ދިވެހިރާއްޖޭގައި ކަމާބެހޭ ޤާނޫނުގެ ދަށުން ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތަށް ބަލައިނުގަނެވޭނޭ ވާހަކަ ދަންނަވަމެވެ. މިކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް އިވެލުއޭޓް ކުރެވޭނޭ ގޮތުގެ ތަފްޞީލު މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެ އެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

14 ޑިސެންބަރު 2021