ދިވެހިރާއްޖެ
އިޢުލާނު
މިއަހަރުގެ ފިޠުރު ޢީދު ދުވަހާ ގުޅިގެން 28 ޖުލައި 2014 ވާ ހޯމަ ދުވަހު ހަވީރު 16.00 ން ރޭގަނޑު 19.00 ށް އިންޖިނުލީ އެއްގަމު ދުއްވާ އުޅަނދު ދުއްވުން މަނާ ވަގުތެއްކަމުގައި ހަމަޖައްސައިފީމެވެ.
ވީމާ، 28 ޖުލައި 2014 ވާ ހޯމަދުވަހުގެހަވީރު 16.00 ން ފެށިގެން އެރޭގެ 19.00 އާ ދެމެދު އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގެތެރެއިން ތިރީގައި މިދަންނަވާ އުޅަނދު ފިޔަވައި އެހެން އުޅަނދު މާލޭސިޓީގެ އެއްވެސް ސަރަހައްދެއްގައި އެދުވަހު އެވަގުތު ދުއްވުމަކީ " އެއްގަމު ދަތުރު ފަތުރުގެ ޤާނޫނު" 5/2009 ގެ 5 ވަނަ މާއްދާ (ރ)ގެ ދަށުން މަނާކަމެއްކަމުގައި ޢާންމުކޮށް އިޢުލާނު ކުރަމެވެ.
1- ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދު
2- އެމްބިއުލާންސް
3- ފުރާމީހުން ބޭނުންކުރުމަށް ހުއްދަދެވޭ ޓެކްސީއާއި ޕިކަޕް
4- ޚާއްޞަ އެހީއަށް ބޭނުންވާމީހުން ދުއްވުމަށް ޚާއްޞަ ކުރެވިފައި ހުންނަ ސައިކަލް
5- އެދުވަހު އެގަޑީގައި ދުއްވުމުގެ ހުއްދަދެވޭ އުޅަނދު
6- ޢާންމުންގެ ފަސޭހައަކަށް ބޭނުންކުރާ ބަސް ( ޕަބްލިކް ޓްރާންސްޕޯޓް)
މަތީގައިވާ 6 ބާވަތުގެތެރެއިން 3 ވަނަ ނަންބަރއާއި 5 ވަނަ ނަންބަރގެ ދަށުން އެދުވަހު އެގަޑީގައި ދުއްވުން ހުއްދަ އުޅަނދުފަހަރަށް ޚާއްޞަ ހުއްދައެއް މިއިދާރާއިން ދޫކުރެވޭނެއެވެ. މިހުއްދަ ދޫކުރާނީ މިއިދާރާގެ ޔުޓިލިޓީސް އެންޑް ޓްރާންސްޕޯރޓް ސެކްޝަން (ތައިސޭކޮށި) އިން 24 ޖުލައި 2014 ވާ ބުރާސްފަތިދުވަހާއި 26 ޖުލައި 2014 ވާހޮނިހިރު ދުވަހުގެ ހެނދުނު 10.00 ން 14.00 އާދެމެދުގައެވެ. ކޮންމެ ސެންޓަރަކަށް ދޫކުރެވޭނީ 2 ހުއްދަ ކަމުގައިވެސް ދެންނެވީމެވެ. ހުއްދަ ހޯއްދެވުމަށް ވަޑައިގަންނަވާއިރު ހުއްދައަށް އެދޭ ސިޓީއާއި އައިޑީކާޑުގެ ކޮޕީ ހުށަހަޅުއްވަންވާނެއެވެ.
މިއެންގުމާ ޚިލާފުވާ ފަރާތްތައް 5/2009 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) ގެ 65 ވަނަ މާއްދާގެ ދަށުން -/750 ރ. އިން ޖޫރިމަނާ ކުރެވޭނެކަންވެސް އާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.