ދިވެހިރާއްޖެ
އިޢުލާން
ނަންބަރ: GS-203/IUL/2021/22 |
އަންދާސީ ހިސާބު ބޭނުންވެއްޖެ
|
ތާރީޚް: 13 ޑިސެމްބަރ 2021 |
މަރާމާތު މަސައްކަތް:-
1- ހޯލް އިމާރާތުގައި ހުރި 02 ކުލާސްރޫމުގެ ދޮރުތަށް ފޯރުކޮށްދިނުން
2- ސްޕަވައިޒަރސް ރޫމްގެ ހުޅަނގު ބިތުގެ ބެރި ފަޅައިގެން ގޮސް ބެރި ނަގައި އަލުން ބެރިއެއް އެޅުން.
3- އަލަށް ހަދާފައިވާ އިމާރާތުގެ އެތެރެއަށް ( ގުދަނަށް) ފެންފައިބާތީ އެކަން ހައްލުކުރުން.
ވީމާ، މިމަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުގުވެރިވާ ފާރާތްތަކުން ތިރީގައިމިވާ ތާރީޚްގައި މަޢުލޫމާތު ސާފުކޮށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
- މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 14 ޑިސެމްބަރ 2021 އިން 20 ޑިސެމްބަރ 2021 އަށް 9:00 އިން 12:00 އަށް މިސްކޫލުގެ ރިސެޕްޝަނަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ. އީމެއިލް މެދުވެރިކޮށް ނަންނޯޓް ކުރުމަށް [email protected] އަށް އިޔުލާން ނަންބަރު ހިމަނައި ނަންނޯޓްކުރާ ފަރާތުގެ މައުލޫމާތު (ކުންފުނި/އިންވެސްޓްމަންޓްގެ ނަން، ގުޅޭނެ ނަންބަރ، އީމެއިލް އެޑްރެސް) ފޮނުއްވުންއެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 20 ޑިސެމްބަރ 2021 ވަނަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ. [email protected]
- ބިޑް ހުށަހެޅުން އޮންނާނީ 22 ޑިސެމްބަރ 2021 ވަނަ ދުވަހުގެ 11:00 ގައި ހޯނޑެއްދޫ ސްކޫލުގައެވެ.
ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު( ޤާނޫނު ނަންބަރ: 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ނަންނޯޓް ނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބާއި އަދި މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީހިސާބުތައް އަދި ދެވިފައިވާ ވަގުތަށް ހުށަނާޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަންދާސީހިސާބު ހުށަހެޅުއްވުމަށް އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ހޯނޑެއްދޫ ސްކޫލް
ފޯން: 7983089
އީ-މެއިލް: [email protected]