ދިވެހިރާއްޖެ
c
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
މާލެ، ދިވެހިރާއްޖެ
ނަންބަރު: (IUL)22-E/22/2021/357
އިޢުލާން
ސުކޫލު ފިޔަވައި ކިޔަވައިދޭ އެނޫން ތަންތަން ރަޖިސްޓަރީ ކުރުމާގުޅޭ
ޤާނޫނު ނަންބަރު: 2020/24 (ތަޢުލީމުގެ ޤާނޫނު)ގެ ދަށުން އެކުލަވާލައިފައިވާ، "ސުކޫލު ފިޔަވައި ކިޔަވައިދޭ އެނޫން ތަންތަން ރަޖިސްޓަރީ ކުރުމާއި ހިންގުމުގެ ގަވާއިދު" ދިވެހި ސަރުކާރުގެ ގެޒެޓުގައި، 2021 ޑިސެންބަރު 13 ގައި ޝާއިޢުކުރެވުމާ ގުޅިގެން، އެ ގަވާއިދުގެ ދަށުން ސުކޫލު ފިޔަވައި ކިޔަވައިދޭ އެ ނޫން ތަންތަން ރަޖިސްޓަރީކުރުމަށް ވަނީ ފެށިފައެވެ. މި ގަވާއިދަށް ޢަމަލުކުރަން ފަށާއިރު، ރަޖިސްޓަރީނުކޮށް ހިންގަމުންދިޔަކިޔަވައިދޭ ތަންތަން، މި ގަވާއިދަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން2 (ދޭއް) މަސްދުވަހުގެ ތެރޭގައި، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީންރަޖިސްޓަރީ ކުރަންވާނެއެވެ. މި ގަވާއިދަށް ޢަމަލުކުރަން ފެށުމުގެ ކުރިން ރަޖިސްޓަރީކޮށްގެން ހިންގަމުންދިޔަކިޔަވައިދޭ ތަންތަން، މި ގަވާއިދަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން20 (ވިހި) މަސްދުވަހުގެ ތެރޭގައި، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީންރަޖިސްޓަރީ ކުރަންވާނެއެވެ. މި ގަވާއިދުގެ ދަށުން ސުކޫލު ފިޔަވައި ކިޔަވައިދޭ އެ ނޫން ތަންތަން ރަޖިސްޓަރީ ކުރުމަށްޓަކައި ހުށަހަޅަންޖެހޭ ފޯމު މި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
އިޙްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.
09 ޖުމާދަލްއޫލާ 1443
13 ޑިސެންބަރު 2021