މަޤާމް:
|
ޑިރެކްޓަރ، އެޑްވޮކަސީ އެންޑް އެވެއަރނަސް
|
ބޭނުންވާ އަދަދު:
|
1 އެކެއް
|
ވަޒީފާގެ ބޭނުން:
|
ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުގެ އެޑްވޮކަސީ އަދި ޕަބްލިކް ރިލޭޝަންގެ މަސައްކަތްތައް ރާވާ ހިންގުން.
|
މަޤާމުގެ ރޭންކް:
|
EX1
|
ވަޒީފާ އަދާ ކުރަންޖެހޭ ތަން:
|
ޗިލްރަޑްންސް އޮމްބަޑްސްޕަރސަންގެ އޮފީސް
|
މުސާރަ:
|
-/13,583ރ
|
އެހެނިހެން އެލްވަންސްތައް:
|
ސާރވިސް އެލަވަންސް -/3،500ރ
ލިވިންގ އެލަވަންސް -/3،000ރ
ރޯދަމަހުގެ އިނާޔަތާއި އިތުރު ގަޑީގެ އެލަވަންސް
|
ވަޒީފާއަދާކުރަންޖެހޭ ސެކްޝަން:
|
އެޑްވޮކަސީ އެންޑް އެވެއަރނަސް
|
މަޤާމުގެ ޝަރުތު:
|
- މާސް ކޮމިއުނިކޭޝަން، މީޑިއާ އެންޑް ޖަރނަލިޒަމް، މީޑިއާ ރިލޭޝަންސް، ޕަބްލިކް ރިލޭޝަންސް، ޖަރނަލިޒަމް، ސޯޝަލް ވަރކް، ސޯޝިއޮލޮޖީ، ހިއުމަން ރައިޓްސް، ސޯޝަލް ޑިވެލޮޕްމަންޓާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރު ދުވަހުގެ ހިންގުމުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
- މާސް ކޮމިއުނިކޭޝަން، މީޑިއާ އެންޑް ޖަރނަލިޒަމް، މީޑިއާ ރިލޭޝަންސް، ޕަބްލިކް ރިލޭޝަންސް، ޖަރނަލިޒަމް، ސޯޝަލް ވަރކް، ސޯޝިއޮލޮޖީ، ހިއުމަން ރައިޓްސް، ސޯޝަލް ޑިވެލޮޕްމަންޓާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރު ދުވަހުގެ ހިންގުމުގެ ތަޖުރިބާ ލިބިފައިވުން.
|
މަގާމުގެ މަސައްކަތަށް ބޭނުންވާ އެހެނިހެން ސިފަތައް:
|
- މީހުންނާއި ރަނގަޅަށް، މަޑުމައިތިރިކަމާއި އަދަބުވެރިކަމާއެކު މުޢާމަލާތުކުރުން.
- ސިއްރު ހިފެހެއްޓުން.
- ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރުމާއި ދަތުރުފަތުރު ކުރުން.
- އަމިއްލަ އިސްނެގުމުގެ ދަށުން ކުރާ މަސައްކަތުގެ ފެންވަރު މަތިކުރުން.
- މި އޮފީހާ ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވުން.
- ދާއިރާއާ ގުޅުންހުރި މަޢުލޫމާތު އަމިއްލަ އިސްނެގުމުގެ ދަށުން ހޯދައި ބަލައި މަޢުލޫމާތު މުއްސަނދިކުރުން.
- މައިކްރޯސޮފްޓް އޮފީސް ގެ ޕްރޮގްރާމްތައް ބޭނުންކުރަން އެނގުން.
- ގްރެފިކް ޑިޒައިންގެ މަސައްކަތްތައް ކުރަން އެނގުން.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:
|
- ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި އެޑްވޮކޭޓް ކޮށްގެން ހެޔޮ ބަދަލުތަކެއް ގެނެވިދާނެ ކަންކަން އޮފީހުގެ އެހެން ޑިޕާޓްމަންޓްތަކާއި ގުޅިގެން ދެނެގަނެ އެފަދަ ޕްރޮގްރާމްތައް ރާވާ ހިންގުން.
- ކުޑަކުދިންގެ ޙައްޤުތައް ކުރިއެރުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ އިދާރާތަކާއި އިދާރާތަކުގެ މުވައްޒަފުންނަށް، ހިންގާނެ ހޭލުންތެރިކުރުމުގެ ހަރަކާތްތައް ރާވާ ހިންގުން.
- ކުޑަކުދިންގެ ޙައްޤުތައް ކުރިއެރުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ އިދާރާތަކާއި އިދާރާތަކުގެ މުވައްޒަފުން ހޭލުންތެރިކުރުމަށް ތައްޔާރުކުރަންޖެހޭ އެޑްވޮކަސީ މެޓީރިއަލް ތައްޔާރުކުރުމުގެ މަސައްކަތް ރާވާ ހިންގުން.
- ކުޑަކުދިންގެ ޙައްޤުތައް ކުރިއެރުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ އިދާރާތަކާއި އިދާރާތަކުގެ މުވައްޒަފުންނަށް، ޓްރޭނިން ޕްރޮގްރާމްތައް ރާވާ ހިންގުން.
- މަސައްކަތާ ގުޅޭ ގޮތުން މީޑީޔާ ޕްރޮގްރާމްތަކުގަ އޮފީސް ތަމްސީލުކޮށް މަޢުލޫމާތުދޭން ޖެހިއްޖެނަމަ އެފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވެ މަޢުލޫމާތު ދިނުން.
- އޮފީހުގެ ވެބްސައިޓާއި، ސޯޝަލް މީޑިއާ އެކައުންތައް ހިންގާ ބެލެހެއްޓުމާއި ގަވާއިދުން އަދާހަމަކުރަމުން ގެންދިއުމުގެ މަސައްކަތް ރާވާ ހިންގުން.
- އޮފީހުގެ މީޑިއާ ޕޮލިސީގައިވާ ގޮތުގެ މަތިން ހާމަކުރަން ޖެހޭ މަޢުލޫމާތާއި ތަފާސް ހިސާބުތައް ގަވާއިދުން ހާމަކުރަމުގެ މަސައްކަތް ރާވާ ހިންގުން.
- އޮފީހާ މީޑިއާގެ ފަރާތްތަކަ އޮންނަ ގުޅުން ބަދަހިކޮށް އޮފީހުގެ މަޤްޞަދުތައް ހާސިލުކުރުމުގައި މީޑިއާގެ ބޭނުން އެންމެ ފުރިހމަ ގޮތުގައި ހިފޭނެ ގޮތްތައް ހޯދާ އެކަށައެޅުން.
- ގުޅުންހުރި އިދާރާތަކާއި އެކު މި އޮފީހުން ބާއްވާ ސެމިނަރ، ވޯކްޝޮޕް އަދި ޖަލްސާތައް ރޭވުމުގެ މަސައްކަތްތައް ބެލެހެއްޓުން.
- އޮފީހުގެ މަޤްސަދުތައް ހާސިލުކުރުމަށްޓަކައި ދައުލަތު އިދާރާތަކާއި އެކު އޮންނަން ޖެހޭ ގުޅުންތައް ދެނެގަނެ އެގުޅުނަތައް ހަރުދަނާކުރާނެ ގޮތްތައް ހޯދުން.
- އޮފީހުގެ ފަރާތުން ޓީވީ، ރޭޑިއޯ ނުވަތަ ނޫސް މަޖައްލާތަކާ ގުޅިގެން ކުރެވިދާނެ މަސައްކަތްތައް ދެނެގަނެ އެ ކަންތައްތައް ރާވާ ހިންގުން.
- މައުލޫމާތު ހޯދާ ލިބިގަތުމުގެ ޤާނޫނުން އޮފީހަށް މަތިކުރާ މަސައްކަތްތައް ރާވާ ބެލެހެއްޓުން.
- އޮފީހުގެ ފަރާތުން މީޑިއާ އަށް ދޭންޖެހޭ މަޢުލޫމާތުތައް ތައްޔާރުކޮށް ފޯރުކޮށްދިނުމުގެ މަސައްކަތް ރާވާ ހިންގުން.
- އޮފީހުގެ ފަރާތުން އިންތިޒާމްކުރާ ދަތުރުތަކުގައި ބައިވެރިވާންޖެހިއްޖެ ހާލަތްތަކުގައި ބައިވެރިވުން.
|