ބީލަން
ނަންބަރު: GS28/IUL/2021/13
ޕަބްލިޝްކުރި ތާރީޚް: 13 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 12:46
ސުންގަޑި: 27 ޑިސެންބަރު 2021 10:30
ލ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
2022 ވަނަ އަހަރު ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

މި އިޢުލާންވަނީ 28 ޑިސެންބަރު 2021 21:54 ގައި ބާތިލް ކުރެވިފައެވެ.


ނަންބަރ: GS28/IUL/2021/13

އިޢުލާން                

2022 ވަނަ އަހަރު ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުން:

   01 ޖަނަވަރީ 2022 އިން ފެށިގެން 31 ޑިސެމްބަރ 2022 ނިޔަލަށް މިމަދަރުސާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި ޙިދުމަތް ދިނުމަށް އެދި ބީލަން ހުށައެޅޭނީ ވިޔަފާރި ޤާނޫނު ނަންބަރ: (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި، ޤާނޫނު ނަންބަރ: (19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

   ވީމާ، މިބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، ތިރީގައި މިވާ ތާރީޚްތަކުގައި މިމަދަރުސާއަށް ވަޑައިގެންދެއްވުން އެދެމެވެ.

  • ބީލަމުގައި ރަޖިސްޓްރީކުރުން: 14 ޑިސެމްބަރ 2021 އިން 16 ޑިސެމްބަރ 2021 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 12:00 އަށް މިމަދަރުސާއަށް ވަޑައިގެން ނުވަތަ ފޯނުން ގުޅައިގެން ރަޖިސްޓްރީ ކުރެއްވުން. (ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް މަޢުލޫމާތު ސާފުކުރުމުގެ ޝެޝަންގައި ބައިވެރި ނުކުރެވޭނެ ވާހަކަ ދަންނަވަމެވެ.)
  • މަޢުލޫމާތު ސާފުކުރުން: 21 ޑިސެމްބަރ 2020 ވާ އަންގާރަ ދުވަހުގެ 10:30 ގައި މިމަދަރުސާގެ ހޯލްގައި.
  • ބީލަން ހުށަހެޅުން: 27 ޑިސެމްބަރ 2020 ވާ ހޯމަ ދުވަހުގެ 10:30 ގައި މިމަދަރުސާގެ ހޯލްގައި.

   މަޢުލޫމާތު ސާފުކުރެއްވުމަށް އަދި ބީލަން ހުށަހެޅުމަށް ވެރިފަރާތުގެ ބަދަލުގައި ދުރުވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީ އާއި އައި.ޑީ ކާޑުގެ ކޮޕީ ހުށަހަޅަން ވާނެއެވެ.

   ބީލަން ހުށަހަޅަންވާނީ ބަންދު ކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި " 2022 ވަނަ އަހަރު ސެކިއުރިޓީ ބަލަހައްޓައި ދިނުމުގެ ޚިދުމަތް ދިނުމަށް އެދި" މިހެން ލިޔެފައި އޮންނަން ވާނެއެވެ. މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅު ވެލައްވާނަމަ، ރަސްމީ ގަޑީގައި މިސްކޫލްގެ ފޯން ނަންބަރ 6800008 އަށް ގުޅުއްވުން އެދެމެވެ.

   ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

13 ޑިސެންބަރު 2021