މަސައްކަތް
ނަންބަރު: (IUL)285/285/2021/64
ޕަބްލިޝްކުރި ތާރީޚް: 13 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 12:32
ސުންގަޑި: 21 ޑިސެންބަރު 2021 13:00
މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހެނބަދޫ ބަނދަރުގައި ފެންހޮޅި އެޅުމާއި ރަށުގެ ބައެއް ސަރަހައްދުތަކުގައި ރޯޑްލައިޓް ކޭބަލް ވަޅުލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

 

އިޢުލާން

ހެނބަދޫ ބަނދަރުގައި ފެންހޮޅި އެޅުމާއި ރަށުގެ ބައެއް ސަރަހައްދުތަކުގައި ރޯޑްލައިޓް ކޭބަލް ވަޅުލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

     ނ.ހެނބަދޫގެ ބަނދަރުގައި ފެންހޮޅި އެޅުމާއި ރަށުގެ ބައެއް ސަރަހައްދުތަކުގައި ރޯޑްލައިޓް ކޭބަލް ވަޅުލުމުގެ މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ. ވީމާ މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 ޑިސެމްބަރ 2021 ވާ އަންގާރަ ދުވަހުގެ 13:00ށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 28 ޑިސެމްބަރ 2021 ވާ އަންގާރަ ދުވަހުގެ 13:00ށް މި އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

            މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެއީ ބަދަލުގައި ފޮނުއްވި ފަރާތެއްކަން އެނގޭނެ  ލިޔުމަކާއިއެކު ފޮނުއްވުމަށްވެސް ދަންނަވަމެވެ. މި އިޢުލާނަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރެޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014)ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 19/2014)ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

            މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                                    09 ޖުމާދިލްއޫލާ 1443

13 ޑިސެންބަރ 2021

                                                   

                                                          ހުސައިން އަބޫބަކުރު

                                                      ހެނބަދޫ ކައުންސިލްގެ ރައީސް

 

 

 

13 ޑިސެންބަރު 2021