ދިވެހިރާއްޖެ
އިޢުލާން
މޯލްޑިވްސް ޙައްޖުކޯޕަރޭޝަނަށް އޮފީސް އެޓެންޑެންޓެއްގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް އޮފީސް އެޓެންޑެއްޓެއްގެ ޚިދުމަތް ފޯރުކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ ނަންބަރު (IUL)MHCL-P/1/2021/20 (29 ނޮވެމްބަރ 2021) އިއުލާނަށް އިޖާބަދީ އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ އެ އިއުލާން ބާތިލްކޮށް އަލުން އިއުލާންކުރަމެވެ.
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް އޮފީސް އެޓެންޑެއްޓެއްގެ ޚިދުމަތް ފޯރުކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މިކަމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ބީލަމަށް ރަޖިސްޓްރީ ވުން:
ބީލަމަށް ޝަޢުގުވެރިވާ ފަރާތްތަކުން 20 ޑިސެމްބަރު 2021 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް 'ބީލަން ރަޖިސްޓްރީ ފޯމް' ޑައުންލޯޑް ކުރައްވައި ފުރިހަމަ ކުރުމަށްފަހު މި ކުންފުނީގެ އީމެއިލް ([email protected]) އަށް ނުވަތަ ރިސެޕްޝަނަށް ފޯމު ހުށަހަޅައި ރަޖިސްޓްރީކުރެއްވުން އެދެމެވެ.
ކަނޑައެޅިފައިވާ ގަޑީގެ ކުރިން ބީލަން ރަޖިސްޓްރީ ފޯމު ހުށަހަޅުއްވާ ފަރާތްތަކަށް، ބީލަމުގައި ރަޖިސްޓަރވިކަމުގެ ލިޔުން އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
ލިންކު:
http://mhcl.mv/wp-content/uploads/2020/10/REGISTRATION-FORM-FOR-BIDS.pdf
އަންދާސީ ހިސާބު ބަލައިގަތުމާ ހުޅުވުން:
ބީލަން ކަރުދާސް ހުޅުވުން އޮންނާނީ 27 ޑިސެމްބަރު 2021 ވާ ހޯމަ ދުވަހުގެ އެގާރަ ގަޑި ސުންމިނެޓު (11:00) ގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް (މ.ފުރަންކަރަ، 03 ވަނަ ފަންގިފިލާ، ބޮޑުތަކުރުފާނު މަގު) ގެ އޮފީހުގައި ބީލަމުގައި ބައިވެރިވެލައްވާ ބޭފުޅުންގެ ޙާޟިރުގައެވެ.
އަންދާސީ ހިސާބު ބަލައިގަތުމަށް ކަނޑައަޅާފައިވާ ގަޑި ޖެހުމުގެފަހުން ވަޑައިގަންނަވާ ފަރާތްތަކަށް ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.
13 ޑިސެމްބަރ 2021