ކުއްޔަށް ދިނުން
ނަންބަރު: ނަންބަރު:MNU-CA-FM/2021/47
ޕަބްލިޝްކުރި ތާރީޚް: 12 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 10:57
ސުންގަޑި: 23 ޑިސެންބަރު 2021 10:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ކެންޓީން ހިންގައިދެއްވާނެ ފަރާތެއް ހޯދުން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/ފެކަލްޓީ އޮފް ހެލްތްސައިންސަސް ގޯތިތެރޭގައި ކެންޓީން ހިންގާދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.


                 ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/ފެކަލްޓީ އޮފް ހެލްތްސައިންސަސް  ގޯތިތެރޭގައި ކެންޓީން    ހިންގާނެ  ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ : MNU-CA-FM/2020/33 ޢިއުލާން ކުރެވިފައިވަނީ ކޮވިޑްގެ ހާލަތު ގޯސް ދުވަސްވަރުކަނުންނާއި އަދި މި އިއުލާންއަށް 01 އަހަރު ވެފައިވުމުން މިހާރު މިއިއުލާން ކޮށްފިނަމަ ، މިއަށްވުރެ ރަގަޅު ހުށައެޅުންތަކާއި އަދި ރަގަޅު ކޮންސެޕްެއް ލިބިދާނެކަމަށް ފެނާތީ އެ އިއުލާން ބާތިލްކޮށް  އަލުން މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބީލަން ހުށައެޅުމަށް  ފުރުސަތު ހުޅުވާލަމެވެ.

 

މަސައްކަތާ ގުޅޭ މަޢުލޫމާތު ދިނުން

                                މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުން އޮންނާނީ  19 ޑިސެމްބަރ   2021 ވާ  ދުވަހުގެ ހެނދުނު 10:00   ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ  މަރުކަޒީ އިދާރާގައި  ގަޑިއަށް ވަޑައިގަންނަވާ ފަރާތްތަކަށެވެ. 

ބީލަން ބަލައިގަތުން

                           ބީލަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ  23 ޑިސެމްބަރ  2021  ވާ  ދުވަހު 10:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަސިޓީގެ މަރުކަޒީ އިދާރާ  ރައްދެބައިހިނގުން، މާލެ ގައެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް ކަމުގައިވާންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

   މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، ގުޅުޅުއްވާނީ.

  • 3345192 ،3345134،

  އީ-މެއިލް ކުރައްވާނީ ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ، އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

ނޯޓް:
           ބީލަމާއެކު ހުށަހަޅާ އަގުބަޔާންކުރާ ޝީޓު ނުވަތަ ކޯޓޭޝަންގައި ބީލަންހުށަހަޅާ ފަރާތުގެ ސޮޔާއި ކުންފުންޏެއްނަމަ، ކުންފުނީގެ ތައްގަނޑުޖަހާފައި ހުންނަވާނެއެވެ.  މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ޔުނިވަރސިޓީ އަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މި ޔުނިވަރސިޓީ އަށް ލިބިގެންވެއެވެ.

 

12 ޑިސެންބަރު 2021