ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)412/412/2021/34
ޕަބްލިޝްކުރި ތާރީޚް: 12 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 21:08
ސުންގަޑި: 16 ޑިސެންބަރު 2021 14:00
ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުން

ރުއްގަހުގެ ވެރިފަރާތް ހޯދުން:

ކޮނޑޭ އަލަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ މިސްކިތް އެޅުމަށް ކައުންސިލުން ނަގާފައިވާ ގޯތިތަކުގެ ބަދަލުގައި ގޯތި ދިނުމަށް ކަނޑައަޅާފައިވާ ސަރަޙައްދު، ކޮނޑޭ ހުޅަނގު ދެކުނު ފަރާތުން ގއ.ކޮނޑޭ ކަރަންކާ މަގުގެ ދެކުނުން މިއިޢުލާނާއި އެޓޭޗް ކުރެވިފައިވާ ޗާޓްގައި ނަންބަރު 1 އިން 3 އަށް ފާގަހަ ކޮށްފައިވާ 3 ގޯތީގައިވާ ރުއްގަހުގެ ވެރި ފަރާތް ހޯދަން ބޭނުންވެއެވެ.

ވިމާ، އިސްވެ ދެންނެވުނު 3 ގޯތީގައިވާ ރުއްގަހަކީ އެއްވެސް ފަރާތަކުން އިންދާ ހައްދާފައިވާ ރުއްގަހަށް ވާނަމަ 2021 ޑިސެމްބަރ 16 ވަނަ ދުވަހުގެ 14:00 ގެ ކުރިން ރުއްގަސް ރަޖިސްޓްރީ ކޮށްފައިވާކަމުގެ ލިޔުން ނުވަތަ މިލްކްވެރިކަން ސާބިތު ކޮށްފައިވާ ކަމުގެ ލިޔުމާއެކު ސިޓީ ހުށަހެޅުއްވުން އެދެމެވެ.

މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތެއް ސާފް ކުރައްވަން ބޭނުންފުޅު ވެލައްވާނަމަ ރަސްމީ ގަޑީގައި 6820019 އަށް ގުޅުއްވުން އެދެމެވެ.

12 ޑިސެންބަރު 2021