ބީލަން
ނަންބަރު: GS110/IUL/2021/17
ޕަބްލިޝްކުރި ތާރީޚް: 12 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 20:49
ސުންގަޑި: 23 ޑިސެންބަރު 2021 13:00
ގޮއިދޫ ސްކޫލް/ ށ.ގޮއިދޫ
ދިވެހިރާއްޖެ
2022 ވަނަ އަހަރު ށ.ގޮއިދޫ ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް

2022 ވަނަ އަހަރު ށ. ގޮއިދޫ ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުން

2022 ޖެނުއަރީ 01 ން ފެށިގެން 2022 ޑިސެމްބަރ 31 ގެ ނިޔަލަށް މި ސުކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދިނުމުގެ ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، ހިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޙަށް މިސުކޫލުގެ އޮފީހަށްް ދުރުވެ މައުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެލެއްވުމަށް ނަންނޯޓުކޮށް، މައުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެލެއްވުމަށްފަހު، ކަނޑައެޅިފައިވާ ގަޑިއަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ސުކޫލު އޮފީހަށް ދުރުވުން އެދެމެވެ.

މިކަމަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި "2022 ވަނަ އަހަރު ސެކިއުރިޓީ ބަލަހައްޓައި ދިނުމަށްއެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.               

ބިޑް ރަޖިސްޓްރީގައި ނަން ނޯޓް ކުރުން

މައުލޫމާތު ދިނުމުގެ ސެޝަން

އަންދާސީހިސާބު ބަލައިގަތުމާއި ކެނޑުން

2021 ޑިސެންބަރ 12 ން 16 ވަނަ ދުވަހުގެ 14:00 އަށް

2021 ޑިސެމްބަރ 19 ވަނަ ދުވަހުގެ

13:00 އަށް

2021 ޑިސެމްބަރ 23 ވަނަ ދުވަހުގެ

13:00 އަށް

މިކަމަށް ހުށަހަޅުއްވާ އަންދާސީހިސާބު ކެނޑުން އިސްވެދެންނެވި ގަޑީގައި މި ސުކޫލް އޮފީހުގައި އޮންނާނެއެވެ.

މި ޚިދުމަތް ދިނުމަށް އެދި ބީލަން ހުށައެޅޭނީ ވިޔަފާރި ޤާނޫނު ނަމްބަރު: (2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި، ޤާނޫނު ނަމްބަރު: (2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ގެންނެވުން އެދެމެވެ. ބަދަލުގައި އަންނަ ފަރާތްތަކުން ބަދަލުގައި އަންނަކަން އަނގައިދޭ ސިޓީއާއި ބަދަލުގައި އަންނަފަރާތުގެ އައިޑީ ކާޑުގެ ނަކަލެއް ގެންނަންވާނެއެވެ.

މިމަސައްކަތުގެ މައުލޫމާތު ކަރުދާސް (ބިޑް ޑޮކިއުމަންޓް) މިސްކޫލު އޮފީހުން ލިބެން ހުންނާނެއެވެ. އަދި މި އިއުލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ.

ބިޑް ރަޖިސްޓްރީގައި ނަންނޯޓް ނުކުރައްވާ ފަރާތްތަކަށް މައުލޫމާތު ސާފުކުރުމުގެ ޝެޝަންގައި ބައިވެރި ނުވެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ހުށަހަޅަން ހަމަޖެހިފައިވާ ގަޑިއަށްވުރެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6540582 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

12 ޑިސެންބަރު 2021