|
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.
|
|
މަޤާމު
|
ސެކިއުރިޓީ ގާޑް
|
|
މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން
|
ސަޕޯޓް ސްޓާފް
|
|
މުސާރައާއި ޢިނާޔަތްތައް
|
މަހަކު -/9,000 ރުފިޔާ (ކަނޑައެޅިފައިވާ އިނާޔަތްތަކާއެކު)
ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އަދި ފުޑް އެންޑް ރިސްކް އެލަވަންސް ދެވޭނެއެވެ.
|
|
ޑިޕާރޓްމެންޓް
|
ސެކިއުރިޓީ އެންޑް ސަވައިލެންސް
|
|
ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން
|
ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން ކަނޑައަޅާ ސައިޓެއްގައި
|
|
ބޭނުންވާ އަދަދު
|
03
|
|
ޝަރުޠު
|
- ދިވެހި ރައްޔިތެއް ކަމުގައިވުން
- ގްރޭޑް 10 ގެ ފެންވަރު ހުރުން ނުވަތަ މިފަދަ މަޤާމެއްގައި އުޅެ ތަޖުރިބާ ލިބިފައިވުން
- އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތެއްކަމުގައިވުން
- މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ޞިއްޙަތެއްގައިހުރި މީހަކުކަމުގައިވުން
|
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ކުންފުނިން ހަމަޖައްސާ އުސޫލުގެ ދަށުން ހަވާލުކުރެވޭ ސައިޓްގެ ސެކިއުރިޓީގެ އެންމެހާ ކަންތައްތައް ބެލެހެއްޓުން؛
- ސައިޓްގެ އިމާރާތްތަކާއި އެހެނިހެން ވަސީލަތްތަކަށް ގެއްލުމެއް ލިބިފައިވާނަމަ ނުވަތަ ލަފާ ކުރެވޭނަމަ އެކަމެއް ރިޕޯޓްކުރުން؛
- ސައިޓަށް ނުވަތަ ސައިޓްގައި މަސައްކަތް ކުރާ މުވައްޒަފަކަށް ގެއްލުމެއް ލިބިދާނެކަމެއް ފާހަގަވާނަމަ އެންގުން؛
- ސެކިއުޓީ އޮފިސަރުންގެ ޑިއުޓީ ރޮސްޓަރއާ އެއްގޮތްވާ ގޮތުގެ މަތިން ޑިއުޓީ އަދާކުރުން؛
- ކުންފުނީގެ މުވައްޒަފުންނާއި ވަސީލަތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ ގަވައިދުތަކަށް އަމަލުކުރުން؛
- ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ރާއްޖޭގައި ހެދިފައިވާ އެންމެހާ ޤާނޫނުތަކަށާއި ގަވައިދުތަކަށް އަމަލުކުރުން؛
- ސަލާމަތާއި ރައްކާތެރިކަން ބެލުމަށް ބޭނުންކުރާ ލިޔެކިޔުންތައް ތައްޔާރުކުރުން؛
- މީގެ އިތުރުން ކުންފުނިންރާވައި ހިންގާ ހަރަކާތްތަކުގައި ބައިވެރިވުން؛
- ކޯޕަރޭޝަންސްގެ ހިންގުން ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުން؛
- ކޯޕަރޭޝަންގެ މަޤްޞަދުތައް ހާސިލުކުރުމަށް އޮފީހުގެ އެހެންނިހެން ޑިޕާރޓްމަންޓްތަކާއި ގުޅިގެން މަސައްކަތްކުރުން؛
- މިނޫންވެސް ކޯޕަރޭޝަނުން ރާވައި ހިންގާ ހަރަކާތްތަކުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުން؛
|
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
|
- މަގާމުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ސިއްހަތެއްގައި ހުރި މީހެއްކަމުގައިވުން
- މީހުންނާއި ރަނގަޅަށް މުއާމަލާތްކުރަން އިނގޭ ފަރާތެއްކަމުގައިވުން
|
|
ހުށަހަޅަންޖެހޭ ތަކެތި:
|
- ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ މައި އޮފީހުގެ ކައުންޓަރުން އަދި މި ކޯޕަރޭޝަންގެ ވެބްސައިޓް (www.wamco.com.mv) އިން ލިބިވަޑައިގަންނަވާނެ).
- ޕޮލިސް ރިޕޯޓު (ދޫކުރި ފަހުން 03 މަސްދުވަސް ހަމަނުވާ)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު) ކޮޕީ
|
|
ސުންގަޑި އަދި ވަޒީފާއަށް އެދި ހުށަހަޅުއްވާނެ ތަން:
|
2021 ޑިސެމްބަރ 15 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ މައި އޮފީހަށް (މއ. ޖަންބުގަސްދޮށުގެ، 2 ވަނަ ފަންގިފިލާ) ހުށަހެޅުއްވުން. ނުވަތަ [email protected] އަށް މެއިލްކުރުން.
|
|
އިންޓަރވިއު:
|
- އިންޓަރވިއުއާއި އިމްތިޙާނުކުރުން 2021 ޑިސެމްބަރ މަސް ތެރޭގައި ކުރިއަށް ގެންދެވޭނެއެވެ.
|
|
އިތުރު މަޢުލޫމާތު:
|
ކޯޕަރޭޝަނުން އިންޓަވިއުއާއި އިމްތިޙާންކުރުމަށް ގުޅާނީ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.
މަޢުލޫމާތު ފުރިހަމަ ނުވާ ފޯމު، އަދި ލިޔެކިޔުންތައް ހަމަ ނުވާ އެޕްލިކޭޝަން ބާޠިލުކުރުމުގެ ޙައްޤު ކޯޕަރޭޝަނަށް ލިބިގެންވެއެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް – ނަންބަރު 3025803 ފޯނަށް ގުޅުއްވުން އެދެމެވެ.
|
|
08 ޖުމާދުލްއޫލާ 1443
12 ޑިސެމްބަރ 2021
|