ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.
|
މަޤާމު
|
މޮނިޓަރިންގ އޮޕަރޭޓަރ
|
މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން
|
އެސިސްޓެންޓް
|
މުސާރައާއި ޢިނާޔަތްތައް
|
މަހަކު -/8,000 އާއި -/ 12,000 ރުފިޔާއާއި ދެމެދު (ހާސިލުކޮށްފައިވާ ތައުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)
|
ޑިޕާރޓްމެންޓް
|
ސެކިއުރިޓީ އެންޑް ސަވައިލެންސް
|
ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން
|
ކ. މާލެ / ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)
|
ބޭނުންވާ އަދަދު
|
03
|
ޝަރުޠު
|
- އެޑްމިނިސްޓްރޭޝަން ނުވަތަ ގުޅުން ހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން ؛ ނުވަތަ،
- އެޑްމިނިސްޓްރޭޝަން ނުވަތަ ގުޅުން ހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 1 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ،
- ޖީސީއީ އޯލެވެލްގެ 2 މާއްދާއިން ދަށްވެގެން "ސ" ފާސް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
- އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކޮށް މުޢާމަލާތް ކުރަން އެނގުން،
- އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތެއްކަމުގައިވުން،
- މަޤާމުގެ މަސްއޫލިއްޔަތު އަދާ ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ކުންފުނީގެ މޮނިޓަރިން ޑިޕާޓްމަންޓްމަންޓުން ކުރަމުންގެންދާ އެންމެހާ މޮނިޓަރިން މަސައްކަތްތަށް ކުރުން.
- މޮނިޓަރިން ލޮގްތަށް ވަގުތުން ވަގުތަށް ބެލެހެއްޓުމާއި ރިޕޯޓްކުރަންޖެހޭ ފަރާތްތަކަށް ވަގުތުން ރިޕޯޓްކުރުން.
- ކުންފުނީގެ އެއްވެސް ވަސީލަތަކަށް ގެންލުމެއް ލިބޭކަން އެނގުމާއިއެކު ރިޕޯޓްކުރަންޖެހޭ ފަރާތްތަކަށް ވަގުތުން ރިޕޯޓްކުރުން.
- މޮނިޓަރިން މަސައްކަތްތަށް އިތުރަށް ބެލުމަށްފަހު ރަނގަޅު ކުރަންޖެހޭ ކަންތައްތައް ސްޕަވައިޒަރަށް އެންގުން.
- މޮނިޓަރިން މަސައްކަތްތަކާ ގުޅިގެން ތައްޔާރު ކުރަންޖެހޭ ހުރިހާ ރިޕޯޓްތަކެއް ތައްޔާރު ކުރުން.
- ޑިޕާޓްމަންޓުގެ މަސައްކަތުގެ ތެރިއިން ލިބޭ މައުލޫމާތު އެއްވެސް ފަރާތަކާ ހިއްސާ ނުކުރުން.
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
|
- މަސައްކަތާ ގުޅުން ހުރި ދާއިރާއިން ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ؛
- ކޯޕަރޭޝަންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމާއި ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރި ވެފައިވާ މިންވަރު.
- އިންޓަރވިއާއި އިމްތިޙާން
|
ހުށަހަޅަންޖެހޭ ތަކެތި:
|
- ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ މައި އޮފީހުގެ ކައުންޓަރުން އަދި މި ކޯޕަރޭޝަންގެ ވެބްސައިޓް (www.wamco.com.mv) އިން ލިބިވަޑައިގަންނަވާނެ).
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު
- ލިބިފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ (އެޓެސްޓްކޮށް އެކްރެޑިޓް ކުރެވިފައިވާ) ކޮޕީ،
- ޕޮލިސް ރިޕޯޓު (ދޫކުރި ފަހުން 03 މަސްދުވަސް ހަމަނުވާ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު) ކޮޕީ
|
ސުންގަޑި އަދި ވަޒީފާއަށް އެދި ހުށަހަޅުއްވާނެ ތަން:
|
2021 ޑިސެމްބަރ 15 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ މައި އޮފީހަށް (މއ. ޖަންބުގަސްދޮށުގެ، 2 ވަނަ ފަންގިފިލާ) ހުށަހެޅުއްވުން. ނުވަތަ [email protected] އަށް މެއިލްކުރުން.
|
އިންޓަރވިއު:
|
- އިންޓަރވިއުއާއި އިމްތިޙާނުކުރުން 2021 ޑިސެމްބަރ މަސް ތެރޭގައި ކުރިއަށް ގެންދެވޭނެއެވެ.
|
އިތުރު މަޢުލޫމާތު:
|
ކޯޕަރޭޝަނުން އިންޓަވިއުއާއި އިމްތިޙާންކުރުމަށް ގުޅާނީ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.
މަޢުލޫމާތު ފުރިހަމަ ނުވާ ފޯމު، އަދި ލިޔެކިޔުންތައް ހަމަ ނުވާ އެޕްލިކޭޝަން ބާޠިލުކުރުމުގެ ޙައްޤު ކޯޕަރޭޝަނަށް ލިބިގެންވެއެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް – ނަންބަރު 3025803 ފޯނަށް ގުޅުއްވުން އެދެމެވެ.
|
08 ޖުމާދުލްއޫލާ 1443
12 ޑިސެމްބަރ 2021
|