ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)23-RBC/1/2014/97
ޕަބްލިޝްކުރި ތާރީޚް: 24 ޖުލައި 2014
ޕަބްލިޝްކުރި ގަޑި: 15:05
ސުންގަޑި: 15 ޑިސެންބަރު 2014 15:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ކޮންމެ އަހަރަކު ދުނިޔޭގެ ޞިއްޙަތު ދުވަހުގައި ޞިއްޙީ ދާއިރާ ކުރިއެރުވުމަށް މަސައްކަތް ކުރާ އަމިއްލަ ފަރާތްތަކުގެ އަގުވަޒަންކޮށް ހިއްވަރު ދިނުމަށް ރޭވިފައިވާ އެވޯޑާގުޅޭ ތަފުސީލު

ޞިއްޙީ ދާއިރާ ކުރިއެރުވުމަށް މަސައްކަތް ކުރާ އަމިއްލަ ފަރާތްތަކާއި އަދި ސަރުކާރުގެ ޞިއްޙީ ޚިދުމަތްދޭ ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތަކުގެ މަސައްކަތްތަކުގެ އަގު ވަޒަންކޮށް ހިތްވަރު ދިނުމުގެގޮތުން 2014ވަނަ އަހަރުގެ ދުނިޔޭގެ ޞިއްޙަތު ދުވަހުގެ ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ހެލްތުން ވަނީ

1) "އަތޮޅު ތެރޭގައި އެންމެ ރަނގަޅަށް ޚިދުމަތްދެވޭ ހޮސްޕިޓަލަކަށް އަދި ޞިއްޙީ މަރުކަޒަކަށް ދެވޭ އެވޯރޑް"

2) "ފާހަގަ ކޮށްލެވޭފަދަ ޚިދުމަތެއް ޞިއްޙީ ދާޢިރާއަށް ކޮށްދީފައިވާ އަމިއްލަ ފަރާތްތަކަށް ދެވޭ އެވޯރޑު" އަދި

3) "ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމުގެ ރޮނގުން އެންމެ ރަނގަޅަށް މަސައްކަތްކުރާ ހޮސްޕިޓަލަކަށް / ޞިއްޙީ މަރުކަޒަކަށް ދެވޭ އެވޯރޑު" އިޢުލާނު ކޮށްފައެވެ.

މި އެވޯޑުތަކުގެ ތެރެއިން 2 ވަނަ މާއްދާގައިވާ " ފާހަގަ ކޮށްލެވޭފަދަ ޚިދުމަތެއް ޞިއްޙީ ދާޢިރާއަށް ކޮށްދީފައިވާ އަމިއްލަ ފަރާތްތަކަށް ދެވޭ އެވޯރޑަކީ ޞިއްޙީ ދާއިރާ ކުރިއެރުވުމަށް މަސައްކަތްކުރާ އަމިއްލަ ފަރާތްތަކަށް ހާއްސަކުރެވިފައިވާ އެވޯޑެއް ކަމުން މިއެވޯޑަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2014 ވަނައަހަރުގެ ޑިސެންބަރު 15 ވާ ހޯމަަ ދުވަހުގެ 3:00 ގެ ކުރިން ރޯޝަނީ ބިލްޑިންގގެ ރިސެޕްޝަނަށް ފުރިހަމަކޮށްފައިވާ އެޕްލިކޭޝަނާއި އެވޯޑަށް ކަނޑައެޅިފައިވާ ހުރިހާ ލިޔެކިއުންތައް ހުށަހެޅުއްވުމަށް ދެންނެވީމެވެ. މިއެވޯޑާބެހޭ އިތުރު މަޢުލޫމާތުތައް މި މިނިސްޓްރީގެ ވެބްސައިޓު ކަމުގައިވާ http://www.health.gov.mv/ އިން ލިބިވަޑައިގަންނަވާނެއެވެ.

 

 

24 ޖުލައި 2014