ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)255/255/2020/64
ޕަބްލިޝްކުރި ތާރީޚް: 12 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 14:15
ސުންގަޑި:
21 ޑިސެންބަރު 2021 14:00
ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އިމާމުވެ ހުކުރު،އީދު،ކޭތަ ނަމާދު ކުރުމަށް ބޭނުންވާ ފަރާތްތަކުގެ ދަފްތަރު އެކުލަވާލުމާއި ގުޅޭ
ރަށު ޖަމާއަތުގައި އިމާމުވެ ހުކުރު ނަމާދު، ޢީދު ނަމާދު އަދި ކޭތަ ނަމާދު ކުރަން ބޭނުންވާ ފަރާތްތަކުގެ ދަފްތަރު އެކުލަވާލުމުގެ މަސައްކަތް މިކައުންސިލްގެ ފަރާތުން މިދަނީ ކުރަމުންނެވެ.
ވީމާ ޖަމާއަތުގައި އިމާމުވެ ހުކުރު ނަމާދު، ޢީދު ނަމާދު އަދި ކޭތަ ނަމާދު ކުރައްވަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ސިޓީ އަކުން 21 ޑިސެމްބަރ 2021 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މި ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. ސިޓީއާއި އެކު ހުށަހަޅުއްވަން ޖެހޭ ލިޔުންތަށް ތިރީގައި ދެންނެވިފައި އެވަނީއެވެ.
1- އިމާމުވެ ހުކުރު ނަމާދު، ޢީދު ނަމާދު އަދި ކޭތަ ނަމާދު ކުރެއްވުމަށްޓަކައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ދޫކުރައްވާފައިވާ ހުކުރު ކުރުމުގެ ހުއްދައާއި ސަނަދު ނުވަތަ ސެޓްފިކެޓްގެ ކޮޕީ.
2- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
12 ޑިސެންބަރު 2021