ކުއްޔަށް ދިނުން
ނަންބަރު: (IUL)248-ED/248/2021/73
ޕަބްލިޝްކުރި ތާރީޚް: 12 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 13:53
ސުންގަޑި: 16 ޑިސެންބަރު 2021 13:00
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިމާރާތް ކުއްޔަށް ދޫކުރުމާއި ބެހޭ

     މިރަށު އިމަގުވެހި ގޯއްޗާއި،  އިންވެގެން  ބިޒްނަސް  ސެންޓަރުގެ އުތުރުން ދޫކޮށްފައިވާ ކުލީބިމުގައި ކޮށްފައިވާ އިމާރާތް ވިޔަފާރި ކުރުމަށް ކުއްޔަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.   

     ވީމާ، އެ އިމާރާތް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2021 ޑިސެންބަރު 16 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 އަށް މިއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 2021 ޑިސެންބަރު 29 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 އަށް މިއިދާރާއަށް ވަޑައިގެން ޕްރޮޕޯސަލް ހުށަހެއްޅުވުން އެދެމެވެ.    

     މިކަމަށް އެދި ޕްރޮޕޯސަލް ހުށައެޅޭނީ ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، ފަރުދީ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. ޕްރޮޕޯސަލް ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން އެނގޭނެ އެތަނެއްގެ ރަސްމީ ސިޓީއަކާއި އެތަނެއްގެ ރަޖިސްޓަރީގެ ކޮޕީއެއް ގެންނަށް ވާނެއެވެ. މައުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކުގެ ހުށަހެޅުން ބަލައެއް ނުގަނެވޭނެއެވެ.

     ޕްރޮޕޯސަލް ހުށަހަޅުއްވަންވާނީ، ސިޓީއުރައަށް ލައި ބަންދުކޮށް ހއ.އިހަވަންދޫ އިމަގުވެހި ގޯއްޗާއި އިންވެގެން ބިޒުނަސް ސެންޓަރގެ އުތުރު ގައި ހުރި އިމާރާތް ކުއްޔަށް ހިފުމުގެ " ޕްރޮޕޯސަލްކަން އެނގޭ ގޮތަށް ސިޓީއުރައިގެ ބޭރުގައި ލިޔުއްވާފައެވެ.  

     މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

12 ޑިސެންބަރު 2021