ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)120-A/1/2021/80
ޕަބްލިޝްކުރި ތާރީޚް: 12 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 13:16
ސުންގަޑި: 14 ޑިސެންބަރު 2021 13:30
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2022 ވަނަ އަހަރުގެ މެއި/ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އޯލެވެލް/އެސް.އެސް.ސީ އިމްތިޙާނުގެ ނޯމަލް އެންޓްރީ އެޕްލިކޭޝަން މުއްދަތު އިތުރުކުރުން.

  (IUL)120-A/1/2021/80 :ނަންބަރު  

 

އިޢުލާން

2022 ވަނަ އަހަރުގެ މެއި/ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އޯލެވެލް/އެސް.އެސް.ސީ އިމްތިޙާނުގެ ނޯމަލް އެންޓްރީ އެޕްލިކޭޝަން މުއްދަތު އިތުރުކުރުން.

2022 ވަނަ އަހަރުގެ މެއި/ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އޯލެވެލް، އައި.ޖީ.ސީ.އެސް.އީ އާއި އެސް.އެސް.ސީ އިމްތިޙާނުގެ އެޕްލިކޭޝަން ދޫކުރުމާއި ފައިސާ ބަލައިގަތުން 2021 ޑިސެންބަރު 14 ވަނަ ދުވަހުގެ މެންދުރު 13:30 ށް  އިތުރު ކޮށްފައިވާ ވާހަކަ ދެންނެވީމެވެ. މިގޮތަށް ނިންމީ ގިނަ ޢަދަދެއްގެ ޢާންމު ފަރާތްތަކުން މިކަމަށް އެދެމުންދާތިއެވެ.  

އެޕްލިކޭޝަން ފޯމާއި ފީޝީޓް މި ޑިޕާޓްމަންޓް ގެ ކައުންޓަރުންނާއި (ހ.އަސްރަފީވިލާ، ދެވަނަ ފަންގިފިލާ، މަޖީދީމަގު) އަދި ވެބްސައިޓް www.dpe.edu.mv  އިން ލިބެން ހުންނާނެއެވެ. އޮންލައިން ކޮށް އެޕްލިކޭޝަން ފުރާނަމަ މެއިލް ކުރާނީ [email protected]  އަށެވެ. އަދި ފައިސާ ދެއްކުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ބަނޑޭރި ޕޭ ޕޯޓަލް މެދުވެރިކޮށެވެ.

ފޯމު ދޫކުރުމާއި، ފޯމު ޗެކު ކުރުމާއި، ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 0830 ން 1330 އަށެވެ. ކައުންޓަރަށް ފޯމު ހުށަހަޅުއްވާ އިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި ފޮޓޯކޮޕީ ގެންނެވުން އެދެމެވެ.

            08 ޖުމާދަލްއޫލާ  1443

            12 ޑިސެންބަރު  2021

12 ޑިސެންބަރު 2021